ވިޔަފާރި
ބޭންކަށް ތާރީހީ ކާމިޔާބީއެއް؛ ތިން ކުއާޓާގައި ސާފު ފައިދާގެ ގޮތުގައި 1.93 ބިލިއަން ރުފިޔާ
ބޭންކުން ބުނީ، މި ނަތީޖާ ހާސިލުކުރެވުނީ އިގްތިސާދުގެ މުހިންމު ދާއިރާތަކަށް ދޫކުރާ ލޯނު އިތުރުވުމާއި ޑިޕޮސިޓް ބޭސް ފުޅާވުމާއި ޑިޖިޓަލް މުއާމަލާތްތައް އިތުރުވުމުގެ ސަބަބުން ކަމަށް.
މި އަހަރުގެ
ފުރަތަމަ ނުވަ މަސްދުވަހުގެ ތެރޭގައި ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ
ގޮތުގައި 1.93 ބިލިއަން ދިވެހި ރުފިޔާ
ލިބިފައިވާކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.
މިއީ
ބޭންކުގެ ތާރީހުގައި ވެސް ނުވަ މަސްދުވަހުގެ މުއްދަތެއްގެ ތެރޭގައި އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ފަހަރެވެ. އަދި މިއީ 2025
ވަނަ އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހު ލިބުނު 1.53 ބިލިއަން ރުފިޔާއާ އަޅައިބަލާއިރު 26 އިންސައްތައިގެ އިތުރުވުމެކެވެ.
މި
ކުރިއެރުން އަހަރުގެ ތިންވަނަ ކުއާޓާގައިވެސް ދަމަހައްޓާފައިވާއިރު، މި ކުއާޓާގައި
ސާފު ފައިދާގެ ގޮތުގައި 647.2 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ
އަހަރުގެ އެ މުއްދަތުގައި ލިބުނު 475.4 މިލިއަން ރުފިޔާއާ އަޅާބަލާއިރު 36 އިންސައްތަ
އިތުރު އަދަދެކެވެ.
ތިންވަނަ
ކުއާޓަރުގައި ނެޓް އިންޓަރެސްޓް އިންކަމްގެ ގޮތުގައި 874.8 މިލިއަން ރުފިޔާ ( 2025 ވަނަ އަހަރުގެ ތިންވަނަ
ކުއާޓަރު 729.7 މިލިއަން ރުފިޔާ) ލިބިފައިވާއިރު، އިންޓަރެސްޓް ނޫން އާމްދަނީގެ ގޮތުގައި 377.53 މިލިއަން ރުފިޔާ (2025
ވަނަ އަހަރުގެ ތިންވަނަ ކުއާޓަރު 355.9 މިލިއަން ރުފިޔާ) ލިބިފައިވެއެވެ.
ބޭންކުން
ބުނީ، މި ނަތީޖާ ހާސިލުކުރެވުނީ އިގްތިސާދުގެ މުހިންމު ދާއިރާތަކަށް ދޫކުރާ ލޯނު
އިތުރުވުމާއި ޑިޕޮސިޓް ބޭސް ފުޅާވުމާއި ޑިޖިޓަލް މުއާމަލާތްތައް އިތުރުވުމުގެ ސަބަބުން ކަމަށެވެ. ބޭންކުގެ
ކޮސްޓް-ޓު-އިންކަމް ރޭޝިއޯ 28 އިންސައްތައި ގައި ހުރިއިރު، މިއީ ސަރަހައްދީ
ފެންވަރުގައިވެސް އެންމެ އެފިޝެންޓް
އެއް ނަތީޖާއެވެ. ރިޓާން އޮން އިކުއިޓީ ހުރީ 14 އިންސައްތައިގައެވެ.
މީގެއިތުރުން،
ބޭންކުގެ ބެލެންސް ޝީޓްވެސް ވަނީ ފުޅާވެފައެވެ. 30 ސެޕްޓެންބަރު 2026 ގައި ޖުމްލަ
އެސެޓްސް ހުރީ 65.6 ބިލިއަން ރުފިޔާގައެވެ. ނެޓް ލޯންސް އެންޑް އެޑްވާންސަސް 32.9 ބިލިއަން ރުފިޔާއަށް
އަރާފައިވާއިރު، ކަސްޓަމަރުންގެ ޑިޕޮސިޓް ވަނީ 42.4 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.
ބޭންކުގެ އެސެޓް
ކޮލިޓީވެސް ރަނގަޅުވެ، ސްޓޭޖް 3 ލޯނު ރޭޝިއޯ ވަނީ 31 ޑިސެމްބަރު 2025 ގައި ހުރި 6
އިންސައްތަ އިން 30 ސެޕްޓެމްބަރު 2026 ގެ
ނިޔަލަށް 4.8 އިންސައްތަ އަށް ދަށްކުރެވިފައެވެ. އަދި މި މުއްދަތުގައި ޕްރޮވިޝަން
ކަވަރޭޖް ވަނީ 100 އިންސައްތައިގައި ދެމެހެއްޓިފައެވެ.
މެދުއިރުމަތީގެ
ހަނގުރާމައާއި ދުނިޔޭގެ ޖިއޯޕޮލިޓިކަލް މަސްރަޙަށް އަންނަމުންދާ ބަދަލުތަކުގެ
ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވި ނޭދެވޭ އަސަރުތަކާއެކުވެސް، މިފަދަ ގޮންޖެހުންތައް ބޮޑު މާހައުލެއްގައި
މި ނަތީޖާ ހާސިލުކުރެވިފައިވުމަކީ ކުރިއަށްއޮތް ތަނަށް ލިބިގެންދިޔަ ވަރަށް ބޮޑު އުންމީދެއް ކަމަށް ބޭންކުން ބުނެއެވެ.