ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ބޭރުގެ ފަރާތްތަކުން ފައިސާ ދެއްކޭނެ ގޮތް ހަދަނީ
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ވިއްކާ މުދަލާއި ދޭ ހިދުމަތްތަކަށް ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ރާއްޖެއިން ބޭރުގެ ފަރާތްތަކުން ފައިސާ ދެއްކޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފިއެވެ.
މިއީ އިގުތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާ އަދި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން(ބީސީސީ) އާ ގުޅިގެން ފަހިކޮށްދޭ ފުރުސަތެއްކަމަށް ބޭންކުން ބުނެއެވެ.
މި ހިދުމަތުގެ ދަށުން، ބައިނަލްއަގުވާމީ ބާޒާރުގައި މުދަލާއި ހިދުމަތް ދޭ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ރާއްޖެއިން ބޭރުގެ ފަރާތްތަކުން ފައިސާ ދެއްކުމުން، ޑޮލަރުން އެ ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.
މިނިސްޓްރީ އަދި ބީސީސީއާ ގުޅިގެން ބީއެމްއެލް އިން މިއަންނަނީ 1 ނޮވެންބަރު 2026 އިން ފެށިގެން މި ހިދުމަތް ދޭން ފެށުމުގެ މަސައްކަތްތައް ކުރަމުންނެވެ.