ބޭރު ފައިސާ މާރުނުކުރާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރަނީ

ކޮންމެ މީލާދީ މަހެއްގައި ބޭރު ފައިސާއިން ލިބޭ އާމްދަނީން ބައެއް އެ މަހެއް ނިމި ޖެހިގެން އަންނަ މަހުގެ 28 ވަނަ ދުވަހުގެ ކުރީން މާރުކުރަން ޖެހޭ

މަރުކަޒީ ބޭންކު، އެމްއެމްއޭގެ އިމާރާތް. ފޮޓޯ: މިހާރު
މަރުކަޒީ ބޭންކު، އެމްއެމްއޭގެ އިމާރާތް. ފޮޓޯ: މިހާރު

ބޭރު ފައިސާއާ ބެހޭ ގާނޫނާ އެއްގޮތަށް، ފައިސާ މާރުނުކުރާ ފަރާތްތަކުގެ ނަން ހާމަކުރާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

މަރުކަޒީ ބޭންކުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ކޮންމެ މީލާދީ މަހެއްގައި ބޭރު ފައިސާއިން ލިބޭ އާމްދަނީން ބައެއް އެ މަހެއް ނިމި ޖެހިގެން އަންނަ މަހުގެ 28 ވަނަ ދުވަހުގެ ކުރީން މާރުކުރަން ޖެހޭ ކަމަށެވެ.

އެހެންކަމުން، އެ ގާނޫނަށް ހުރިހާ ފަރާތްތަކުން ތަބާވުމަށް ހަނދުމަކޮށްދޭ ކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ.

"ސުންގަޑި ހަމަވާއިރު މާރުކުރުމުގެ އިލްތިޒާމް ފުރިހަމަ ނުކުރާ ފަރާތްތަކުގެ ނަންތައް މި އޮތޯރިޓީއިން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް ހާމަކުރަމުން ގެންދާނެ ކަމުގައި ދަންނަވަން،" އެމްއެމްއޭގެ ބަޔާނުގައިވެއެވެ.

އެމްއެމްއޭއިން ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހު މިދިޔަ ސެޕްޓެންބަރު މަހުގެ ތެރޭގައި ގެޒެޓުގައި ޝާއިއުކޮށްފައިވާއިރު، މި އިސްލާހުގެ ދަށުން، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ރިސޯޓުތަކުން ބޭރު ފައިސާ މާރުކުރުމުގައި އަމަލުކުރަންޖެހޭ ގޮތަށް ވަނީ ބަދަލު ގެނެސްފައެވެ. މި ގާނޫނަށް ގެނައި މި އިސްލާހާއެކު ރިސޯޓުތަކަށް މަހެއްގެ މައްޗަށް ލިބޭ އާމްދަނީގެ 40 އިންސައްތަ ރާއްޖޭގައި ގާއިމުކޮށްފައިވާ ބޭންކަކަށް މިހާރު މާރުކުރަން ޖެހެއެވެ.

މަރުކަޒީ ބޭންކުއެމްއެމްއޭމޯލްޑިވްސް މަނިޓަރީ އޮތޯރިޓީބޭރު ފައިސާ މާރުކުރުންޑޮލަރު މާރުކުރުންބޭރު ފައިސާ
ކޮމެންޓް 0