މޯލްޑިވިއަންގެ އޮފީހެއް ޗައިނާގައި ހުޅުވައިފި

މޯލްޑިވިއަންގެ އޮފީހެއް ޗައިނާގައި ހުޅުވުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: މޯލްޑިވިއަން
މޯލްޑިވިއަންގެ އޮފީހެއް ޗައިނާގައި ހުޅުވުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: މޯލްޑިވިއަން

މޯލްޑިވިއަންގެ އޮފީހެއް ޗައިނާގެ ބެއިޖިންގައި ހުޅުވައިފިއެވެ.

ގައުމީ އެއާލައިން، މޯލްޑިވިއަންގެ އޮފީހެއް ޗައިނާގައި ހުޅުވުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި އެ އޮފީސް ހުޅުއްވާ ދެއްވީ، މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑްގެ ޗެއާމަން އަޙުމަދު ޝަފީޢުއާއި، އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސްއާއި، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލީ ސަލީމުގެ އިތުރުން ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަޒީލް ނަޖީބުއެވެ.

މިއީ ޗައިނާގެ މާކެޓުގައި އެ އެއާލައިންގެ ހަރަކާތްތައް އިތުރަށް ވަރުގަދަކޮށް، އެ ގައުމުގައި ތިބި ވިޔަފާރި ޕާޓްނަރުންނާއި ކަސްޓަމަރުންނާ އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް މޯލްޑިވިއަނުން ބުނެފައިވެއެވެ.

އަދި، މީގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުންތައް ބަދަހިވެ، ވައިގެ ދަތުރުފަތުރުގެ ގުޅުން އިތުރަށް ހަރުދަނާވާނެ ކަމަށް މޯލްޑިވިއަން އިން ފާހަގަކުރެއެވެ. 

މީގެއިތުރުން، ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދު ދަތުރުކުރާ ފަސިންޖަރުންނަށް ލުއިފަސޭހަވެ، ދެ ގައުމުގެ ދެމެދުގައި ދަތުރުކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށްވެސް މި އޮފީހުގެ ސަބަބުން އެހީތެރިވެދޭނެ ކަމަށް އެ އެއާލައިނުން ގަބޫލުކުރެއެވެ.

މޯލްޑިވިއަން އިން މިވަގުތުވެސް ޗައިނާގެ ތިން ސިޓީއަކަށް ދަތުރުކުރެއެވެ. ޗައިނާ އަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި އެންމެ މުހިންމު ހިއްސަ އޮތް ގައުމެވެ. މިހާރު ރާއްޖެ އަށް އެންމެ ގިނަ ފަތުރުވެރީން އަންނަ ގައުމަކީ ވެސް ޗައިނާއެވެ.

މޯލްޑިވިއަންޗައިނާބެއިޖިންފަތުރުވެރިކަން
ކޮމެންޓް 0