ހުޅުދޫ ކައުންސިލުން އައްޑޫ ސިޓީ ކައުންސިލާއި ގުޅިގެން މަސައްކަތް ކުރަން މަޝްވަރާކޮށްފި

ހުޅުދޫ ކައުންސިލުން އައްޑޫ ސިޓީ ކައުންސިލާއި ގުޅިގެން މަސައްކަތް ކުރުމާއި ގުޅޭގޮތުން ބޭއްވި ބައްދަލުވުން. ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް
ހުޅުދޫ ކައުންސިލުން އައްޑޫ ސިޓީ ކައުންސިލާއި ގުޅިގެން މަސައްކަތް ކުރުމާއި ގުޅޭގޮތުން ބޭއްވި ބައްދަލުވުން. ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

ދާދިފަހުން އައްޑޫ ސިޓީ ކައުންސިލްގެ އިޙްތިސާސް އިން ވަކިކޮށް، އުފައްދާފައިވާ އައްޑޫ ހުޅުދޫ ކައުންސިލުން އައްޑޫ ސިޓީ ކައުންސިލާއި އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. 

އިއެްޔެ އައްޑޫ ސިޓީ ކައުންސިލް އިދާރާގައި ބޭއްވި މި ބައްދަލުވުމުގައި ހުޅުދޫ ކައުންސިލްގެ ރައީސް އަދި އެހެން ކައުންސިލަރުން ބައިވެރިވިއެވެ. މި ބައްދަލުވުމުގައި އައްޑޫ ސިޓީ ކައުންސިލުގެ ފަރާތުން މޭޔަރ އަލީ ނިޒާރު އާއި ޑެޕިއުޓީ މޭޔަރު މުޙައްމަދު ޝުއާއު އަދި އެހެން ކައުންސިލަރުން ވެސް ބައިވެރިވިއެވެ. 

މި ބައްދަލުވުމާއި ގުޅޭގޮތުން އައްޑޫ ހުޅުދޫ ކައުންސިލުން ބުނެފައިވަނީ، މަޝްވަރާތަކުގައި ކައުންސިލުން ދެއްވާ ޙިދުމަތް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ދެ ކައުންސިލް ގުޅިގެން ކުރެވިދާނެ ކަންކަމާއި މެދު ފުޅާ ދާއިރާއެއްގައި ވާހަކަ ދެކެވުނު ކަމަށެވެ. އެހެން ނަމަވެސް މަޝްވަރާ ކުރެވުނު ކަންކަމާއި ގުޅޭ ތަފްސީލެއް ހާމަކޮށްފައި ނުވެއެވެ.

ހުޅުދޫ ކައުންސިލުން އައްޑޫ ސިޓީ ކައުންސިލާއި ގުޅިގެން މަސައްކަތް ކުރުމާއި ގުޅޭގޮތުން ބޭއްވި ބައްދަލުވުން. ފޮޓޯ: އައްޑޫ ހުޅުދޫ ކައުންސިލް1 / 4
ހުޅުދޫ ކައުންސިލުން އައްޑޫ ސިޓީ ކައުންސިލާއި ގުޅިގެން މަސައްކަތް ކުރުމާއި ގުޅޭގޮތުން ބޭއްވި ބައްދަލުވުން. ފޮޓޯ: އައްޑޫ ހުޅުދޫ ކައުންސިލް


ކޮމެންޓް 0