އޭއީއެޗްގެ ތަށިމުށިތަކެއް ބަދަލުކުރަން 1.2 މިލިއަން ރުފިޔާ ހަރަދުކުރި

އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި މި މަސައްކަތަށް ބަޖެޓުކޮށްފައިވަނީ 250،000 ރުފިޔާ. އެކަމަކު ތަށިމުށި ބަދަލުކުރުމަށް 1.2 މިލިއަން ރުފިޔާ ހަރަދުކޮށްފައިވޭ.

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގެ ބޭރުން ނަގާފައިވާ ފޮޓޯއެއް.
އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގެ ބޭރުން ނަގާފައިވާ ފޮޓޯއެއް.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ ތަށިމުށި ބަދަލުކުރުމަށް 1.2 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

މި ރިޕޯޓުގައިވާ ގޮތުން، މި މަސައްކަތަށް ހޮސްޕިޓަލުން ބަޖެޓުކޮށްފައިވަނީ 250،000 ރުފިޔާއެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި މަސައްކަތަށް ހަތް ލައްކަ އެއްހާ ރުފިޔާ ހުށަހެޅި ފަރާތުގެ ޕްރޮޕޯސަލް ވަނީ ބާތިލުކޮށްފައެވެ. އެ ޕްރޮޕޯސަލް ބާތިލުކޮށްފައިވަނީ ޔުނިޓް ޕްރައިސް ހިމަނާފައި ނުވާކަމަށް ބުނެ، އެއީ އިދާރީ ކުށެއް ކަމަށް ކަނޑައެޅުމަށްފަހުއެވެ. 

ނަމަވެސް، އެ މަސައްކަތަކީ އެންމެ އައިޓަމެއްގެ މައްޗަށް އެކުލެވޭ މަސައްކަތަކަށް ވުމުން، ޖުމްލަ އަގަކީ އޭގެ ޔުނިޓް ޕްރައިސް ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.

އެގޮތުން، އެންމެ ކުޑަ އަގު ހުށަހެޅި ފަރާތް ބާކީކުރުމަށްފަހު، އެހެން ފަރާތަކާ މި މަސައްކަތް ހަވާލުކޮށްފައިވަނީ އެކަށީގެންވާ އަގަށް ވުރެ ބޮޑު އަގުގައި ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. 

މި މަސައްކަތަށް އޭއީއެޗް އިން އަންދާޒާކުރި ހަރަދަށް ވުރެ ގާތްގަނޑަކަށް އެއް މިލިއަން ރުފިޔާ އިތުރަށް ވަނީ ހަރަދުކޮށްފައެވެ.

ކޮމެންޓް 0