އައްޑޫ މީދޫ ދަނޑުވެރިންގެ މާރުކޭޓުން ގޮޅި ދޫކުރުމަށް ހުޅުވާލި މުއްދަތު މިއަދު ހަމަވާނެއެވެ.
"ދަނޑުވެރިންގެ މާރުކޭޓް" ގައި ސްޓޯލް ހެދުމަށް ބޭނުންވާ ފަރާތްތަކުން ގޮޅި ރަޖިސްޓްރީ ކުރުމަށް އައްޑޫ މީދޫ ކައުންސިލުން ހުޅުވާލި މި މަހުގެ 7 ވަނަ ދުވަހުއެވެ.
"ދަނޑުވެރިންގެ މާރުކޭޓް" ގައި ގޮޅި ރަޖިސްޓްރީ ކުރުމަށް ނަމާއި، އައިޑީ ކާޑު ނަންބަރު އަދި ގުޅޭނެ ފޯނު ނަންބަރު ޖެހުމަށްފަހު މިއަދު މެންދުރު 2:00 ގެ ކުރީން މެއިލް ކުރަންޖެހޭ.

އައްޑޫ މީދޫ ދަނޑުވެރިންގެ މާރުކޭޓުން ގޮޅި ދޫކުރުމަށް ހުޅުވާލި މުއްދަތު މިއަދު ހަމަވާނެއެވެ.
"ދަނޑުވެރިންގެ މާރުކޭޓް" ގައި ސްޓޯލް ހެދުމަށް ބޭނުންވާ ފަރާތްތަކުން ގޮޅި ރަޖިސްޓްރީ ކުރުމަށް އައްޑޫ މީދޫ ކައުންސިލުން ހުޅުވާލި މި މަހުގެ 7 ވަނަ ދުވަހުއެވެ.
މިއަހަރުގެ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި، ދަނޑުވެރިންގެ ދުވަސް އައްޑޫ މީދޫގައި ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ބޭއްވޭ ހަރަކާތްތަކުގެ ތެރެއިން މި މަހުގެ 15 ވާ ބުރާސްފަތި ދުވަހު ހަވީރު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ "ދަނޑުވެރިންގެ މާރުކޭޓް" ގައި ގޮޅި ރަޖިސްޓްރީ ކުރުމަށް ނަމާއި، އައިޑީ ކާޑު ނަންބަރު އަދި ގުޅޭނެ ފޯނު ނަންބަރު ޖެހުމަށްފަހު މިއަދު މެންދުރު 2:00 ގެ ކުރީން [email protected] އަށް މެއިލް ކުރުމަށް އައްޑޫ މީދޫ ކައުންސިލުން ކުރި އިއުލާނުގައިވެއެވެ.
އެގޮތުން، ދަނޑުވެރިން އުފައްދާތަކެތި ވިއްކުމަށްޓަކައި ކޮންމެ ހަފްތާ ބަންދެއްގައި "ވީކެންޑް މާރކެޓް" ގެ ނަމުގައި މީދޫ ބަނދަރު ސަރަހައްދުގައި މި މާރުކޭޓް ހުޅުވުމަށް ހަމަޖެހިފައިވާކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.
މި ދަނޑުވެރިންގެ މާރުކޭޓްގައި ދަނޑުވެރިން އުފައްދާ ތަރުކާރީއާއި، މޭވާ އަދި ފަލަމަޑީގެ އިތުރުން، އެތަކެތި ބޭނުންކޮށްގެން އުފައްދާ ކާނާގެ ބާވަތްތަކާއި، ގަސް ވަށި ވިއްކުމުގެ ފުރުސަތު ލިބިގެންދާނެކަމަށް އައްޑޫ މީދޫ ކައުންސިލުން ބުނެއެވެ.