ފޭދޫ އިން ބިމެއް ކުއްޔަށް ދޭން ކައުންސިލުން އިއުލާންކޮށްފި

އައްޑޫ ސިޓީ ފޭދޫ ޓޫރިޒަމް ޒޯން. އައްޑޫޕްލަސް ފޮޓޯ: ނިޝާދު ޝަފީޤް
އައްޑޫ ސިޓީ ފޭދޫ ޓޫރިޒަމް ޒޯން. އައްޑޫޕްލަސް ފޮޓޯ: ނިޝާދު ޝަފީޤް

އައްޑޫ ސިޓީ ފޭދޫ އިން ބިމެއް ކުއްޔަށް ދޭން ކައުންސިލުން އިއުލާންކޮށްފިއެވެ.

ކައުންސިލުން ފޭދޫ އިން ދޫކުރުމަށް އިއުލާންކޮށްފައިވަނީ 1800 އަކަފޫޓުގެ ބިމެކެވެ. މި ބިން ދޫކުރަނީ ވެއަރ ހައުސް ނުވަތަ ގުދަން ގާއިމް ކުރުމުގެ ބޭނުމަށެވެ. 

ކައުންސިލުން މައުލޫމާތު ދިން ގޮތުގައި މި ބިން ދޫކުރާނީ 20 އަހަރު ދުވަހުގެ މުއްދަތަކަށެވެ. 

ބީލަން ހުށަހެޅުމުގެ ފުރުސަތު ކައުންސިލުން ހުޅުވާލާފައިވާއިރު، ބީލަމުގައި ރަޖިސްޓްރީވުމަށް 300.00 (ތިންސަތޭކަ) ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީ އެއް ދައްކަވަންޖެހޭނެއެވެ.

ކޮމެންޓް 0