ޚަބަރު
ސެޕްޓެމްބަރު މަހު ކައުންސިލުގެ ދަތުރުފަތުރަށް ބައިލައްކަ އެއްހާ ރުފިޔާ ޚަރަދުކޮށްފި
އައްޑޫ ސިޓީ ކައުންސިލުން ސެޕްޓެމްބަރު މަހު ކޮށްފައިވާ ޚަރަދުތަކުގެ ތެރެއިން ބައިލައްކަ އެއްހާ ރުފިޔާ ދަތުރުފަތުރަށް ކޮށްފައިވާކަން ހާމަވެއްޖެއެވެ.
ކައުންސިލުން މިއަދު އާއްމުކޮށްފައިވާ ސެޕްޓެމްބަރު މަހުގެ ޚަރަދަށް ބަލާއިރު، ދަތުރު ފަތުރުގެ ޚަރަދުގެ ގޮތުގައި 43738 ރ. ހޭދަކޮށްފައިވެއެވެ. މި ފައިސާ ހޭދަކުރީ ކޮން ދަތުރުތަކަކަށް ކަން ސާފެއް ނުވެއެވެ.
ކައުންސިލުން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ޖުމްލަ 10 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އޭގެ ތެރެއިން އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ މުވައްޒަފުންގެ މުސާރައިގެ ގޮތުގައެވެ. މުވައްޒަފުންގެ މުސާރައިގެ ގޮތުގައި 5.4 މިލިއަން ޚަރަދުކުރިއެވެ. އަދި މަރާމާތުކުރުމާއި ބެލެހެއްޓުމުގެ ޚަރަދުގެ ގޮތުގައި 2.6 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.