އަންހެންކުދިންގެ ކުރިމަގަށް ވުނަކުރުމަކީ ހަމަހަމަ، އެންމެން ޝާމިލުވާ، ތަރައްގީވެފައިވާ ކުރިމަގަކަށްކުރެވޭ ކަމެއް: ރައީސް

އެމަނިކުފާނުގެ މެސެޖުގައި ސަރުކާރުގެ އަމާޒަކީ ޒުވާން އަންހެނުންނާއި އަންހެންކުދިންގެ ގާބިލުކަން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ދުރުވިސްނޭ ސިޔާސަތުތައް ތަންފީޒުކޮށް، އެފަދަ ފުރުސަތުތައް ފަހިކޮށްދިނުން ކަމުގައި ވިދާޅުވި.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ހއ. އުތީމަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ހއ. އުތީމަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް

އަންހެންކުދިންގެ ކުރިމަގަށް ވުނަކުރުމަކީ ހަމަހަމަ، އެންމެން ޝާމިލުވާ، ތަރައްގީވެފައިވާ ކުރިމަގަކަށްކުރެވޭ ކަމެއްކަމަށާއި، އެކުދިންގެ ކުރިމަގު ކަށަވަރުކުރުމާއި އެކުދިންގެ ހައްގުތައް ހިމާޔަތްކުރުމުގައި ސަރުކާރުން ކެނޑިނޭޅި މަސައްކަތްކުރައްވަމުން ގެންދަވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ އަންހެންކުދިންގެ ދުވަހުގެ މުނާސަބަތުގައި، އެމަނިކުފާނު މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންހެންކުދިންގެ ހައްގުތައް ހިމާޔަތްކޮށް، އެކުދިންގެ އުންމީދުތައް ހާސިލު ކޮށްދިނުމަށް ދިވެހިރާއްޖެއިން މަސައްކަތްކުރާނެ ކަމަށެވެ.

އެމަނިކުފާނުގެ މެސެޖުގައި ސަރުކާރުގެ އަމާޒަކީ ޒުވާން އަންހެނުންނާއި އަންހެންކުދިންގެ ގާބިލުކަން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ދުރުވިސްނޭ ސިޔާސަތުތައް ތަންފީޒުކޮށް، އެފަދަ ފުރުސަތުތައް ފަހިކޮށްދިނުން ކަމުގައި ވިދާޅުވިއެވެ. 

އަދި، އެކުދިންނަކީ ކުރިމަގުގެ ލީޑަރުންގެ ގޮތުގައި ބިނާކޮށް، ގައުމީ ތަރައްގީގައި ފުރިހަމައަށް، ރައްކާތެރިކަމާއިއެކު، ޝާމިލުވެވޭ ބައެއްގެ ގޮތުގައި ތަރުބިއްޔަތުކުރުމުގެ މުހިންމުކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، މިއަމާޒަށް ވާސިލުވުމަށްޓަކައި ފުރަތަމަ މަސައްކަތް ފަށަންޖެހޭނީ އާއިލާއާއި މުޖުތަމައުގެ ތެރެއިން ކަމަށާއި، މިކަމުގައި ޝާމިލުވާ އެންމެންގެ އެއްބާރުލުން ބޭނުންފުޅުވާކަމުގައި ރައީސް ވިދާޅުވިއެވެ.

ކޮމެންޓް 0