މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ބޭނުމަށް ދުވާލަކު 500 ރޮށި ސަޕްލައި ކޮށްދޭނެ ބަޔަކު ހޯދަން އެ ކުންފުނިން އިއުލާންކޮށްފި އެވެ.

އެމްއޭސީއެލް އިން ކޮށްފައިވާ އިއުލާނެއްގައި ބުނީ އެ ކުންފުނީގެ ބޭނުމަށް ރޮށި ސަޕްލައިކޮށްދޭން ޝައުގުވެރިވާ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ. 

އިއުލާނުގައި ބުނެފައިވާ ގޮތުގައި، ދިގު މުއްދަތަކަށް ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 500 ރޮށި ސަޕްލައިކޮށްދޭން ޖެހޭނެއެވެ.

ރޮށި ސަޕްލައިކޮށްދޭން ހުށަހަޅާ ފަރާތަކީ، އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީވެފައިވާ ވިޔަފާރިއަކަށް ވާން ޖެހޭނެ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެއެވެ.