ފެކްޓް ޗެކް: މޭޔަރު ނިޒާރު އަލައްބާރު އާއި ބައްދަލެއް ނުކުރައްވާ! ދައުރުވަނީ އޭއައި ފޮޓޯއެއް!

އަލައްބާރު އައްޑުއަށް ގޮސްފައި ނުވާއިރު،، މޭޔަރާ ބައްދަލުކޮށްފައި ވެސް ނުވޭ!

އައްޑޫ މޭޔަރާއި ގުޅޭގޮތުން ދޮގު މައުލޫމާތު ފަތުރަން ބޭނުންކުރަމުން ގެންދާ  ފޮޓޯ.
އައްޑޫ މޭޔަރާއި ގުޅޭގޮތުން ދޮގު މައުލޫމާތު ފަތުރަން ބޭނުންކުރަމުން ގެންދާ ފޮޓޯ.

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރާއި ޔޫއޭއީގެ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން މުހައްމަދު އަލައްބާރު ބައްދަލުކުރެއްވި ކަމަށް ބުނެ މީސްމީޑިއާގައި ދައުރުވަމުންދާ ފޮޓޯއަކީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ހަދާފައިވާ ފޭކު ފޮޓޯއެއް ދައުރު ކުރަމުން އެބަދެއެވެ.


އައްޑޫޕްލަސްގެ ފަރާތުން ބެލި ބެލުމުން މި ފޮޓޯ އަކީ އޭއައި ބޭނުންކޮށް ޖެނެރޭޓްކޮށްފައިވާ ފޮޓޯއެއްކަން ވަނީ ހާމަވެފައެވެ. އަދި އަލައްބާރު އާއި އެކު އެފަދަ ބައްދަލުވުމެއް ނުހިނގާ ކަމަށް އައްޑޫ ސިޓީ ކައުންސިލުގެ އޮފިޝަލަކު ވެސް ވަނީ ކަށަވަރުކޮށްދީފައެވެ.


މި ފޮޓޯ އެންމެ ފުރަތަމަ އާންމުކޮށްފައިވަނީ މޭޔަރު ނިޒާރާ ގުޅޭގޮތުން މީމްސް އާއި މަޖާ ކޮންޓެންޓް ޕޯސްޓުކުރާ "އައްޑޫ މޭޔަރު ނިޒާރު" ނަމުގައި ހިންގާ ފޭސްބުކް ޕޭޖަކުންނެވެ. އެހެން ނަމަވެސް މިއީ އައްޑޫ މޭޔަރާއި އެއްވެސް ގުޅުމެއް ހުރި ޕޭޖެއް ނޫނެވެ.


 މި ފޮޓޯއާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލްގެ އޮފިޝަލަކު ބުނި ގޮތުގައި، އަލައްބާރު އައްޑުއަށް ގޮސްފައެއް ނުވެއެވެ. އަދި މޭޔަރު ނިޒާރާ އޭނާ ބައްދަލުކޮށްފައި ނުވާ ކަމަށް ވެސް އޮފިޝަލު ބުނެފައިވެއެވެ.


މިފަދަ އަޑުތަކެއް ފެތުރެން ފަށާފައިވަނީ، އެމްޑީޕީގެ ކޮންގްރެސްގެ ތެރެއިން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި މޭޔަރު ނިޒާރު، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށް ބުނާ ވާހަކަތަކަކާ ގުޅިގެންނެވެ. 


ރަސްމާލޭގައި "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" ގެ ނަމުގައި ބޮޑު މަޝްރޫއެއް ހިންގުމަށް ސަރުކާރުން ވަނީ އަލައްބާރުގެ އީގަލް ހިލްސް ކުންފުންޏާއެކު ދާދި ފަހުން އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.


މި މައްސަލައާ ގުޅިގެން މޭޔަރު ނިޒާރުގެ ފަރާތުން ރަސްމީކޮށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

މި ފޮޓޯ އެންމެ ފުރަތަމަ އާންމުކޮށްފައިވަނީ މޭޔަރު ނިޒާރާ ގުޅޭގޮތުން މީމްސް އާއި މަޖާ ކޮންޓެންޓް ޕޯސްޓުކުރާ "އައްޑޫ މޭޔަރު ނިޒާރު" ނަމުގައި ހިންގާ ފޭސްބުކް ޕޭޖަކުންނެވެ. މި ފޮޓޯއާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލްގެ އޮފިޝަލަކު ބުނި ގޮތުގައި، އަލައްބާރު އައްޑުއަށް ގޮސްފައެއް ނުވެއެވެ. އަދި މޭޔަރު ނިޒާރާ އޭނާ ބައްދަލުކޮށްފައި ނުވާ ކަމަށް ވެސް އޮފިޝަލު ބުނެފައިވެއެވެ.

މިފަދަ އަޑުތަކެއް ފެތުރެން ފަށާފައިވަނީ، އެމްޑީޕީގެ ކޮންގްރެސްގެ ތެރެއިން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި މޭޔަރު ނިޒާރު، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށް ބުނާ ވާހަކަތަކަކާ ގުޅިގެންނެވެ. ރަސްމާލޭގައި "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" ގެ ނަމުގައި ބޮޑު މަޝްރޫއެއް ހިންގުމަށް ސަރުކާރުން ވަނީ އަލައްބާރުގެ އީގަލް ހިލްސް ކުންފުންޏާއެކު ދާދި ފަހުން އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އަދަދު ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މަޝްރޫއާ ގުޅިގެން އަލައްބާރު ރާއްޖެ އައިސް، ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކޮށްފައިވެއެވެ. ނަމަވެސް އޭނާ އައްޑޫ ސިޓީއަށް ގޮސްފައި ނުވާ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން މޭޔަރު ނިޒާރުގެ ފަރާތުން ރަސްމީކޮށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ކޮމެންޓް 0