ޚަބަރު
އަސާސީ ބާވަތްތައް ފޯރުކޮށްދޭން ކަނޑައަޅާފައިވާ އޭޖެންޓުންގެ ތެރޭގައި އައްޑޫގެ 10 ފިހާރައެއް
މި ލިސްޓުގައި ހިމެނެނީ؛ މަރަދޫ އާއި ހިތަދޫގެ ދެ ފިހާރައަކާއި، ފޭދޫގެ ހަތަރު ފިހާރައެއްގެ އިތުރުން، ހުޅުދޫ އާއި މީދޫން އެއްފިހާރަ.
ރާއްޖޭގެ
އަތޮޅުތަކަށް އެސްޓީއޯގެ އޭޖެންޓުން މެދުވެރިކޮށް އަސާސީ ބާވަތްތައް ފޯރުކޮށްދޭން
ފަށާފައިވާއިރު، އެ ތަކެތި ފޯރުކޮށްދިނުމަށް ކަނޑައަޅާފައިވާ ތަންތަނުގެ ތެރޭގައި އައްޑޫ
ސިޓީ އަށް ނިސްބަތްވާ 10 ފިހާރައެއް ހިމެނިއްޖެއެވެ.
އިގުތިސާދީ
ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ބުނީ، ރާއްޖޭގެ ކާބޯތަކެތީގެ
ރައްކާތެރިކަން ކަށަވަރުކޮށް، ދުވަހުން ދުވަހަށް ބޭނުންވާ އަސާސީ ބާވަތްތައް
މެދުކެނޑުމެއްނެތި، ހެޔޮ އަގުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި، އަސާސީ
ބާވަތްތަކުގެ ލިސްޓު 26 ބާވަތުން 80 ބާވަތަށް އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ
ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ ގުޅިގެން، އެސްޓީއޯއިން މިހާރު ވަނީ މި 80
ބާވަތް ރާއްޖެއަށް އެތެރެކުރަން ފަށާފައިވާ ކަމަށެވެ.
އަދި
އެސްޓީއޯ އިން މީހުން ދިރިއުޅޭ ހުރިހާ ރަށަކުންވެސް އެސްޓީއޯ އިން ކަނޑައަޅާ ހެޔޮ
އަގުތަކެއްގައި މި ބާވަތްތައް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން، އަމިއްލަ
ވިޔަފާރިތަކާ ގުޅިގެން މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ބުނެފައިވެއެވެ.
އެގޮތުން،
ރާއްޖޭގެ އަތޮޅުތަކުގައި މި ތަކެތި ފޯރުކޮށްދިނުމަށް އެސްޓީއޯ އާއެކު
ހަރަކާތްތެރިވާ އޭޖެންޓުންގެ ލިސްޓެއް ވަނީ އާންމުކޮށްފައެވެ.
އެސްޓީއޯއާއެކު
ހަރަކާތްތެރިވާ އޭޖެންޓުންގެ ތެރޭގައި ހިމެނެނީ:
- ގްރޭޓަރ މާލެ
ސަރަހައްދު: 48 ފިހާރަ
- އައްޑޫ
ސިޓީ: 10 ފިހާރަ
- ފުވައްމުލަކު
ސިޓީ: 6 ފިހާރަ
- ތިނަދޫ
ސިޓީ: 4 ފިހާރަ
- ކުޅުދުއްފުށި
ސިޓީ: 4 ފިހާރަ
- 3000މީހުންނަށްވުރެ
ބޮޑު އާބާދީއެއް އޮތް ރަށްތައް: 22 ފިހާރަ
- 3000މީހުންނަށްވުރެ
ކުޑަ އާބާދީއެއް އޮތް ރަށްތައް: 38 ފިހާރަ
މި ލިސްޓުގައި
ހިމެނޭ އައްޑޫ ސިޓީގެ ފަސް ސަރަހައްދަށް ނިސްބަތްވާ އެސްޓީއޯ އޭޖެންޓުންގެ
މައުލޫމާތު ތިރީގައިމިވަނީއެވެ. މީގެތެރޭގައި ހިމެނެނީ؛ މަރަދޫ އާއި ހިތަދޫގެ ދެ
ފިހާރައަކާއި، ފޭދޫގެ ހަތަރު ފިހާރައެއްގެ އިތުރުން، ހުޅުދޫ އާއި މީދޫން
އެއްފިހާރައެވެ.
- ބެސްޓް
ސިލެކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (މަރަދޫ)
- ވައިޒް
އިންވެސްޓްމަންޓް (މަރަދޫ)
- ހިތަދޫގެ
ނިއު ސީޒަން (ހިތަދޫ)
- ބީ.އޭ.ޕީ.ސީ
އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް (ހިތަދޫ)
- ފޭދޫގެ
ފައިސާ މާރޓް (ފޭދޫ)
- އޭޝް
ފެމިލީ މާރޓް (ފޭދޫ)
- ދަ
ގްލޫޓެން (ފޭދޫ)
- ގުޑް
ލުކްސް - 1 (ފޭދޫ)
- އެސްޓީއޯ
ރީޖަނަލް ޝޮޕް (ހުޅުދޫ)
- މީދޫގެ
ބެސްޓް ސިލެކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (މީދޫ)
އަތޮޅުތަކުގައި އެސްޓީއޯގެ ރޭޓުގައި މުދާ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ އެ ކުންފުނިން ސީދާ ރަށްރަށުގައި މުދާ ވިއްކުމުގެ އިތުރުން، ރަށްރަށުގެ އަމިއްލަ ވިޔަފާރިތަކަށް ހޯލްސޭލްކޮށް މުދާ ފޯރުކޮށްދީ، އެ ފަރާތްތައް މެދުވެރިކޮށް ރައްޔިތުންނަށް މުދާ ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުންނެވެ. މިކަމުގެ ސަބަބުން ރަށްރަށުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ބާރުވެރިވެގެންދާނެއެވެ.
މިހާރު
އަލަށް ކަނޑައަޅާފައިވާ އަސާސީ 80 ބާވަތުގެ ތެރޭގައި ހިމެނެނީ:
- 20 ބާވަތުގެ މޭވާ
- 20 ބާވަތުގެ ތަރުކާރީ
- އާންމުކޮށް ގޭބިސީތަކުގައި ބޭނުންކުރާ ކާބޯތަކެތީގެ
37 ބާވަތް
- ކާބޯތަކެތި ނޫން އަސާސީ 3 ބާވަތް
މި
އިންތިޒާމާއެކު، ރާއްޖޭގެ ކާނާގެ ރައްކާތެރިކަން އިތުރަށް ވަރުގަދަވެ،
ދެމެހެއްޓެނިވި ގޮތެއްގައި އަސާސީ މުދާ ލިބޭނެކަން ކަށަވަރުވެގެންދާނެއެވެ. މިއީ
ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ލުއިފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް
ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ދަށުން ރައްޔިތުންގެ
ދިރިއުޅުމަށް އަންނާނެ ހެޔޮ ބަދަލެކެވެ.