ޚަބަރު
ރާއްޖެއިން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާއަށްވުރެ ގިނަ ބޭރުފައިސާ އަތުލައިގެންފި
މި ފައިސާގެ ތެރޭގައި އެކި ގައުމުތަކުގެ ފައިސާ ހިމެނޭގޮތަށް 905،669.80 އާ އެއްވަރުގެ އަދަދެއް ހިމެނޭ ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފަ.
ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރަން އުޅުނު ނުވަ
ލައްކައަށްވުރެ ގިނަ ރުފިޔާއާ އެއްވަރުގެ ބޭރު ފައިސާ މޯލްޑިވްސް ކަސްޓަމްސް ސަރވިސަސްއިން
އަތުލައިގެންފިއެވެ.
ކަސްޓަމްސް އިން މިފައިސާ އަތުލައިގަނެފައިވަނީ މި
މަހުގެ 7 ވަނަ ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) އިން
ފުރަންދިޔަ އިންޑިއާގެ ފަސިންޖަރެއް އަތުންނެވެ.
މި ފައިސާގެ ތެރޭގައި އެކި ގައުމުތަކުގެ ފައިސާ ހިމެނޭގޮތަށް
905،669.80 (ނުވަ ލައްކަ ފަސް ހާސް ހަ ސަތޭކަ ފަސްދޮޅަސް ނުވަ ރުފިޔާ އަށްޑިހަ
ލާރި) އާ އެއްވަރުގެ އަދަދެއް ހިމެނޭ ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.
ގިނަ އަދަދެއްގެ ފައިސާ ރާއްޖެއިން ގެންދާނަމަ
އެކަން ކަސްޓަމްސްއަށް ޑިކްލެއަރ ކުރަން ޖެހެއެވެ. އެގޮތުން، ރާއްޖެއިން ބޭރުކުރާ ނުވަތަ ރާއްޖެއަށް އެތެރެކުރާ ނަގުދު ފައިސާގެ އަދަދު 10،000 އެމެރިކާ ޑޮލަރަށްވުރެ އިތުރުވާނަމަ ޑިކްލެއަރ ކުރަން ޖެހޭ ގޮތަށް ކަސްޓަމްސްގެ ގަވާއިދުގައިވެއެވެ.