ޚަބަރު
އޭއީއެޗްގެ މެޑިކަލް އިންޓާންޝިޕްގެ ދެވަނަ ބެޗު ކާމިޔާބުކަމާއެކު ނިންމާލައިފި
އަލަށް ކިޔަވައިގެން އަންނަ ޑޮކްޓަރުންނަށް އަމާޒުކޮށްގެން ހިންގާ މި ޕްރޮގްރާމަކީ، ތަޖުރިބާކާރު ޑޮކްޓަރުންގެ ބެލުމުގެ ދަށުން ކްލިނިކަލް ތަޖުރިބާ ހޯދައިދިނުމަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެއް.
އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ކުރިއަށްގެންދިޔަ
މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމްގެ ދެވަނަ ބެޗު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
އޭއީއެޗްގެ މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމުގެ
ދެވަނަ ބެޗު ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އޭއީއެޗްގެ
ސީއީއޯ ޑރ. އަހުމަދު އަދީލް ނަސީރުއެވެ.
މި ފަހަރުގެ އިންޓާންޝިޕް ޕްރޮގްރާމް ފުރިހަމަކޮށްފައި ވަނީ ފިރިހެން ދެ ޑޮކްޓަރެކެވެ. އެ ދެ ޑޮކްޓަރުންނަކީ؛
1. ޑރ. އިބްރާހިމް ނާއިލް އަހުމަދު ނިޝާރު
2. ޑރ. މުއާޒް އަހުމަދު ހުސައިން
އޭއީއެޗުން އެ ހޮސްޕިޓަލުގެ މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމުގެ ފުރަތަމަ ބެޗުގެ ދަސްވެނިވުން މިދިޔަ ޖުލައި މަހު ބާއްވާފައިވާއިރު، އެ ފަހަރު ވަނީ ހަތަރު ޑޮކްޓަރަކު މި ޕްރޮގްރާމް ފުރިހަމަކޮށްފައެވެ. އެއީ ތިން އަންހެން ޑޮކްޓަރުންނާއި ފިރިހެން ޑޮކްޓަރެކެވެ.
އަލަށް ކިޔަވައިގެން އަންނަ ޑޮކްޓަރުންނަށް އަމާޒުކޮށްގެން
ހިންގާ މި ޕްރޮގްރާމަކީ، ތަޖުރިބާކާރު ޑޮކްޓަރުންގެ ބެލުމުގެ ދަށުން ކްލިނިކަލް ތަޖުރިބާ
ހޯދައިދިނުމަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ. މިއީ އެއް އަހަރު ދުވަހުގެ ޕްރޮގްރާމެކެވެ.
އޭއީއެޗުން ބުނި ގޮތުގައި، މި ޕްރޮގްރާމްގެ ސަބަބުން
ބައިވެރިންނަށް އަމަލީ ހުނަރުތައް ތަރައްގީކޮށް، ކްލިނިކަލް މައުލޫމާތު މުއްސަނދިކުރުމުގެ
ފުރުސަތު ލިބިގެންދާނެއެވެ.
މެޑިކަލް، ސާޖިކަލް އަދި އެމަޖެންސީ ފަރުވާގެ ދާއިރާއިން
އަމަލީ ތަޖުރިބާ ހޯދުމުގެ ފުރުސަތު މި ޕްރޮގްރާމްގެ ތެރެއިން ލިބިގެންދާއިރު، މިއީ
އަމިއްލަޔަށް ބަލިމީހުންނަށް ފަރުވާދޭން ފެށުމުގެ ކުރިން ލިބޭ ވަރަށް އަގުހުރި ތަޖުރިބާއެއް
ކަމަށް އެ ހޮސްޕިޓަލުން ފާހަގަކުރެއެވެ.