ބަހުސް މުބާރާތުގެ އެއްވަނަ މަގާމު އައްޑޫ ސިޓީ ކައުންސިލްގެ ޓީމަށް

ވާހަކަ ދެއްކުމުގެ މުބާރާތާއި ބަހުސް މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް
ވާހަކަ ދެއްކުމުގެ މުބާރާތާއި ބަހުސް މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޖަމްއިއްޔާ (އެމްއެންޔޫއެސްޔޫ) އިން އިސްނަގައިގެން އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީގެ ސްކޫލްތަކާއި، މުއައްސަސާތަކަށް ހާއްސަކޮށް ކުރިއަށްގެންދިޔަ ބަހުސް މުބާރާތުގެ ޗެމްޕިއަންކަން އައްޑޫ ސިޓީ ކައުންސިލްގެ ޓީމުން ހޯދައިފިއެވެ.

އައްޑޫ ބޮޑު ފަނޑިޔާރު ތަކުރުފާނުގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ ވާހަކަ ދެއްކުމުގެ މުބާރާތާއި އައްޝައިޚް ޙުސައިން ޝަރަފުއްދީނުގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ ބަހުސް މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ ތައުލީމާއި މަތީ ތައުލީމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢުއެވެ.

ބަހުސް މުބާރާތުގެ ފަހުރުވެރި އެއްވަނަ މަގާމަށް ހޮވުނު ޓީމަށާއި، މުބާރާތުގެ އެންމެ މޮޅު ބަހުސްކުރުންތެރިޔާ އަށް ހޮވުނު އައްޑޫ ސިޓީ ކައުންސިލް އިދާރާގެ އެސޯސިއޭޓް ކައުންސިލް އޮފިސަރ، ޢާއިޝަތު އަނާ ރަޝީދަށް ޓްރޮފީ ހަވާލުކޮށްދެއްވީ ވެސް ޝަރަފުވެރި މެހެމާން ވަޒީރު ޑރ. އިސްމާޢީލް ޝަފީޢުއެވެ.

މިއީ ދަރިވަރުންގެ ކިބައިގައި ވާހަކަދެއްކުމާއި ބަހުސްކުރުމުގެ ހުނަރުތައް ތަރައްގީކުރުމުގެ މަގުސަދުގައި، އެމްއެންޔޫއެސްޔޫ އިން ކުރިއަށްގެންދާ މުބާރާތެކެވެ. 

މި މުބާރާތަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަނުން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ހިތަދޫ ކެމްޕަހާއި، ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއާއި، އައްޑޫ ސިޓީ ކައުންސިލް އަދި ދިވެހިބަހުގެ އެކެޑަމީ އާއި ގުޅިގެން އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ ސްކޫލުތަކަށާއި މުއައްސަސާތަކަށް ކުރިއަށް ގެންދިޔަ މުބާރާތެކެވެ.

ކޮމެންޓް 0