ޚަބަރު
ރާއްޖޭގައި މަސްވެރިކަން ކުރަމުން ދިޔަ ބޭރުގެ ތިން މަސްބޯޓެއް އަތުލައިގެންފި
އެމްއެންޑީއެފުން މައުލޫމާތު ދެއްވި ގޮތުގައި މި ތިން ބޯޓު އަތުލައިގަނެފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ކޯސްޓްގާޑުން ހިންގި ހާއްސަ އޮޕަރޭޝަނެއްގަ.
އެމްއެންޑީއެފްގެ ކޯސްޓްގާޑު ހަރަކާތްތެރިވަނީ. ފައިލް ފޮޓޯ: އެމްއެންޑީއެފްދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި
ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ ތިން މަސްބޯޓެއް، މޯލްޑިވްސް
ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް
ގެނެސްފިއެވެ.
އެމްއެންޑީއެފުން މައުލޫމާތު ދެއްވި ގޮތުގައި މި
ތިން ބޯޓު އަތުލައިގަނެފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް
ކޯސްޓްގާޑުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ.
މި 3 މަސްބޯޓު، އެމްއެންޑީއެފް ކޯސްޓްގާޑް ބެލުމުގެ
ދަށަށް ގެނެސްފައި ވަނީ އަރިއަތޮޅުގެ ހުޅަނގުން 170 ނޯޓިކަލް މޭލު ބޭރުގައި
ހަރަކާތްތެރިވަމުން ދަނިކޮށް އޮކްޓޫބަރު 12ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
އެމްއެންޑީއެފުން ބުނީ، މި ބޯޓުތައް މާލެ ގެނެއުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.