ވާހަކަ ދެއްކުމުގެ މުބާރާތުގެ ރަން ވަނަތައް ހިތަދޫ ސްކޫލާއި، ޝަރަފުއްދީނާއި އައްޑޫ ހައި ސްކޫލަށް

ވާހަކަ ދެއްކުމުގެ މުބާރާތުގެ ދަށު ސާނަވީ ބައިން އެއްވަނަ ހޯދީ ހިތަދޫ ސްކޫލުން، ސާނަވީން ޝަރަފުއްދީން ސްކޫލުން އެއްވަނަ ހޯދިއިރު، މަތީ ސާނަވީން އެއްވަނަ ހޯދީ އައްޑޫ ހައި ސްކޫލުން.

ވާހަކަ ދެއްކުމުގެ މުބާރާތުގެ ދަށު ސާނަވީ ބައިން އެއްވަނަ ހޯދީ ހިތަދޫ ސްކޫލް. ފޮޓޯ: އެމްއެންޔޫއެސްޔޫ
ވާހަކަ ދެއްކުމުގެ މުބާރާތުގެ ދަށު ސާނަވީ ބައިން އެއްވަނަ ހޯދީ ހިތަދޫ ސްކޫލް. ފޮޓޯ: އެމްއެންޔޫއެސްޔޫ

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޖަމްއިއްޔާ (އެމްއެންޔޫއެސްޔޫ) އިން އިސްނަގައިގެން އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީގެ ސްކޫލްތަކުގެ މެދުގައި ކުރިއަށްގެންދިޔަ ވާހަކަ ދެއްކުމުގެ މުބާރާތުގެ ރަންވަނަތައް ހިތަދޫ ސްކޫލާއި، ޝަރަފުއްދީން ސްކޫލުގެ އިތުރުން އައްޑޫ ހައި ސްކޫލުން ހޯދައިފިއެވެ.

އައްޑޫ ބޮޑު ފަނޑިޔާރު ތަކުރުފާނުގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ ވާހަކަ ދެއްކުމުގެ މުބާރާތާއި އައްޝައިޚް ޙުސައިން ޝަރަފުއްދީނުގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ ބަހުސް މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ ތައުލީމާއި މަތީ ތައުލީމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢުއެވެ.

ވާހަކަ ދެއްކުމުގެ މުބާރާތުގެ ދަށު ސާނަވީ ބައިން އެއްވަނަ ހޯދީ ހިތަދޫ ސްކޫލުންނެވެ. ސާނަވީން ޝަރަފުއްދީން ސްކޫލުން އެއްވަނަ ހޯދިއިރު، މަތީ ސާނަވީން އެއްވަނަ ހޯދީ އައްޑޫ ހައި ސްކޫލުންނެވެ.

މިއީ ދަރިވަރުންގެ ކިބައިގައި ވާހަކަދެއްކުމާއި ބަހުސްކުރުމުގެ ހުނަރުތައް ތަރައްގީކުރުމުގެ މަގުސަދުގައި، އެމްއެންޔޫއެސްޔޫ އިން ކުރިއަށްގެންދިޔަ މުބާރާތެކެވެ. 

މި މުބާރާތްތަކަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަނުން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ހިތަދޫ ކެމްޕަހާއި، ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއާއި، އައްޑޫ ސިޓީ ކައުންސިލް އަދި ދިވެހިބަހުގެ އެކެޑަމީ އާއި ގުޅިގެން އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ ސްކޫލުތަކަށާއި މުއައްސަސާތަކަށް ކުރިއަށް ގެންދިޔަ މުބާރާތެކެވެ.

ކޮމެންޓް 0