ޤާނޫނު ހަދަނީ ބިރުދައްކަން، ބިރުގަންނަން ޖެހޭނެ: އައިބީ

ފޭދޫ މެންބަރު އިބްރާހިމްދީދީ. ފޮޓޯ: މަޖިލިސް
ފޭދޫ މެންބަރު އިބްރާހިމްދީދީ. ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުން ޤާނޫނުތައް ފާސްކުރަނީ ބިރުދައްކަން ކަމަށާއި ޤާނޫނަށް ބިރެއް ނެތިއްޔާ ހުރިހާ އެންމެންނަށް ހިތުހުރި ގޮތަކަށް އުޅުމުގެ ފުރުސަތު ފަހިވެފައި އޮންނާނެ ކަމަށް ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ވިދާޅުވެއްޖެއެވެ. 

އައިބީ މިހެން ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ހުށަހަޅައިފައިވާ އިސްލާހުތަކަށް ވާހަކަ ދައްކަވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ވާހަކަ ދައްކަވަމުން އައިބީ ވިދާޅުވީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ތެރެއިން ޤާނޫނާއި ޚިލާފުވާ ފަރާތްތަކަށް ބިރުވެރިކަން އަންނަން ޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް ޤާނޫނާއި ޚިލާފު ނުވާ އަދި ވައްކަން ނުކުރާ ފަރާތްތަކަށް ބިރެއް ނެތްކަމަށެވެ. 

ޖަލްސާގައި އިތުރަށް ވާހަކަ ދައްކަވަމުން އައިބީ ވަނީ ޤާނޫނުތަކަށް ބިރު ނުގަންނަ ގޮތަށް އޮވެގެންގެ މީހުން ކުށްތަކާއި ދުރުވާނީ ކިހިނެއްތޯ ސުވާލު އުފައްދަވާފައެވެ. 

ކޮމެންޓް 0