ފުލުހެއްގެ ނޭފަތްމަތީގައި ވަކި އަޅައިގެން ސ. ފޭދޫ މީހަކު ގޭބަންދު ކުރުމަށް ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ކަން ހިނގައިފައިވާ ގޮތަށް ބަލާއިރު، މަސްތުވާތަކެތި ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ސަމްދޫހު ދިރިއުޅޭ ގެއަށް ފުލުުހުން ދެއެވެ. އަދި ފުލުުހުން އެގެއަށް ދިއުމުން ގޭގެ ފާރެއްގެ މައްޗަށް އަރައި ފިލަން މަސައްކަތް ކުރުމުން ހުއްޓުވަން އުޅުނު ފުލުސް މީހާ އާއި ކުރިމަތިލައި ގަދަ ހެދުމުގެ ތެރޭގައި ވަކި އަޅައިފައިވާ ކަމަށް ކޯޓުގެ ހުކުމްގައި ބުނެފައިވެއެވެ.
