ފައްޔާޒު އަކީ އައްޑުއަށް އެންމެ ރަނގަޅު ޗޮއިސް: ރޮޒައިނާ
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލަކީ އައްޑޫ ސިޓީއަށް އެންމެ ރަނގަޅު ޗޮއިސް ކަމަށް
ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ ކުރީގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
މީސްމީޑިއާގައި އެމްޑީޕީގެ މެންބަރެއް ކުރައްވާފައިވާ ޕޯސްޓެއް ރީޕޯސްޓްކުރައްވައި، ހިއްސާކުރެއްވި މެސެޖެއްގައި ރޮޒައިނާ ވިދާޅުވީ، އައްޑުއަށް އެންމެ ރަނގަޅު ޗޮއިސް އަކީ ފައްޔާޒް ކަމަށެވެ.
ރޮޒައިނާ މިހެން ވިދާޅުވެފައިމިވަނީ، މިރޭގެ ވަގުތެއްގައި އައްޑު އަށް ފައްޔާޒް ވަޑައިގަތުމަށް ހަމަޖެހިފައިވަނިކޮށެވެ.
މިދިޔަ ވެރިކަމުގައި އިގުތިސާދީ ވަޒީރުކަން ކުރައްވާފައިވާ ފައްޔާޒް، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން
އިއުލާނު ކުރެއްވުމާއެކު، އޭނާ ވެފައިވަނީ އެމްޑީޕީގެ ޕްރައިމަރީގައި
ވާދަކުރައްވާނެކަން ހާމަކުރެއްވި ހަތަރުވަނަ ބޭފުޅާއަށެވެ.
ފައްޔާޒްގެ އިތުރުން، ޕާޓީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު އާއި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވެސް ވަނީ އެމްޑީޕީގެ
ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައެވެ.