އައްޑޫ ހިމެނޭ ގޮތަށް ދެކުނުގެ ހަތަރު އަތޮޅަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނިގޮތުގައި، މި އެލާޓް ނެރެފައިވަނީ މިއަދު މެންދުރު 1:15 އިން ފެށިގެން މިރޭގެ އިރުއޮއްސި 7:00 އާ ހަމައަށެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނިގޮތުގައި، މި އެލާޓް ނެރެފައިވަނީ މިއަދު މެންދުރު 1:15 އިން ފެށިގެން މިރޭގެ އިރުއޮއްސި 7:00 އާ ހަމައަށް.

އައްޑޫ ހިމެނޭ ގޮތަށް ދެކުނުގެ ހަތަރު އަތޮޅަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނިގޮތުގައި، މި އެލާޓް ނެރެފައިވަނީ މިއަދު މެންދުރު 1:15 އިން ފެށިގެން މިރޭގެ އިރުއޮއްސި 7:00 އާ ހަމައަށެވެ.
މި އެލާޓްގެ ދަށުން، ގއ. އަތޮޅާއި، ގދ. އަތޮޅާއި، ފުވައްމުލަކު ސިޓީގެ އިތުރުން އައްޑޫ ސިޓީގެ ހުރިހާ ހިސާބުތަކަށް މި ވަގުތުގެ ތެރޭގައި ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެއެވެ.
މީގެ އިތުރުން، ވިލާގަނޑުގައި ވައި ގަދަވެ ކަނޑުތައް ވެސް ގަދަވާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އެހެންކަމުން، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ދެކުނުގެ އަތޮޅުތަކަށް އެލާޓް ނެރެފައިވާއިރު، މިދިޔަ ސެޕްޓެންބަރު މަހުގެ ތެރޭގައި ވެސް އައްޑޫ ސިޓީއަށް ވަނީ ބޯކޮށް ވާރޭ ވެހި ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހު އައްޑޫ ސިޓީގައި ފެންބޮޑުވުމުގެ ސަބަބުން 100 އަށް ވުރެ ގިނަ ގެއަށް އަސަރުކޮށްފައިވެއެވެ. މީގެ ތެރެއިން ފޭދޫގެ 95 ގެއަކަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާއިރު، ބައެއް އާއިލާތައް ވަގުތީ ހިޔާތަކަށް ބަދަލުކުރަން ޖެހުނެވެ. އެ ހާދިސާއާ ގުޅިގެން ފެން ހިންދުމާއި ވެލިބަސްތާ ޖެހުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ ސަދަން އޭރިއާ ކޮމާންޑުން ވަނީ ހަރަކާތްތެރިވެފައެވެ.