ޚަބަރު
17 ވަނަ އިންޓަރނޭޝަނަލް އެނަރޖީ ފޯރަމްގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެ
ދުނިޔޭގެ ހަކަތައާ ބެހޭ އިސް ވެރިން އެއްތަންވި މި ބައްދަލުވުމަކީ، ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ބައިނަލްއަގްވާމީ ބާޒާރުގެ ހަމަޖެހުމާއި، މި ދާއިރާއިން ބައިނަލްއަގްވާމީ އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ބޭއްވުނު މުހިންމު ފޯރަމެއް.
17 ވަނަ އިންޓަރނޭޝަނަލް އެނަރޖީ ފޯރަމްގެ ތެރެއިން. ފޮޓޯ: މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާސަޢޫދީ ޢަރަބިއްޔާގެ ރިޔާޟުގައި ކުރިއަށްދިޔަ 17
ވަނަ އިންޓަރނޭޝަނަލް އެނަރޖީ ފޯރަމް (އައިއީއެފް 17) ގެ މިނިސްޓީރިއަލް
ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.
މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން
ބައިވެރިވެވަޑައިގެންނެވީ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ
ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މުޢާވިޔަތު މުޙައްމަދެވެ.
ދުނިޔޭގެ ހަކަތައާ ބެހޭ އިސް ވެރިން އެއްތަންވި މި
ބައްދަލުވުމަކީ، ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ބައިނަލްއަގްވާމީ
ބާޒާރުގެ ހަމަޖެހުމާއި، މި ދާއިރާއިން ބައިނަލްއަގްވާމީ އެއްބާރުލުން އިތުރުކުރުމާ
ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ބޭއްވުނު މުހިންމު ފޯރަމެކެވެ.
މި ބައްދަލުވުމުގެ ސަބަބުން، ދެމެހެއްޓެނިވި
ގޮތެއްގައި ހަކަތަ ތަރައްގީކުރުމަށާއި ހަކަތައިގެ ދާއިރާ ހަރުދަނާކޮށް
ކުރިއެރުވުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި މަޝްވަރާކޮށް، ގުޅުން
ބަދަހިކުރުމުގެ އަގުހުރި ފުރުސަތެއް ރާއްޖެއަށް ވަނީ ލިބިގެން ގޮސްފައެވެ.