ޚަބަރު
ކޮންމެ ދިވެއްސަކީ ގަސްއިންދާ ހެއްދުމަށް ޝައުގުވެރި ރައްޔިތަކަށްވުމަށް ފަސްޓް ލޭޑީ އިލްތިމާސްކުރައްވައިފި
ކޮންމެ ގެއަކާއި ގޯއްޗެއްތެރޭވެސް ދަނޑުވެރިކަމުގެ މަސައްކަތެއް ކުރުމަކީ، ފެހިކަން އިތުރުވެ، ވައި ސާފުވެ، ރަނގަޅު ކާނާ ހޯދުމަށް ފަހި ކުރެވިދާނެ ފުރުސަތެއް ކަމަށް ފަސްޓް ލޭޑީ ފާހަގަކުރެއްވި.
ކޮންމެ ދިވެއްސަކީވެސް ގަސްއިންދާ ހެއްދުމަށް
ޝައުގުވެރި ރައްޔިތަކަށް ވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަސްޓް ލޭޑީ
ސާޖިދާ މުޙައްމަދު އިލްތިމާސްކުރައްވައިފިއެވެ.
އެކަމަނާ މިފަދައިން އިލްތިމާސްކުރެއްވީ، މިއަދު ފާހަގަކުރާ ގައުމީ ދަނޑުވެރިންގެ ދުވަހާ ގުޅިގެން މީސްމީޑިއާގައި ހިއްސާކުރެއްވި
މެސެޖުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ، ޓެކްނޮލޮޖީގެ
ކުރިއެރުންތަކާއެކު މި ޒަމާނުގެ ދަނޑުވެރިކަމަކީ ކުދި ޖާގަތަކުގައި ބޮޑު
މަންފާއެއް ލިބޭނެހެން ކުރިއެރުވޭނެ މަސައްކަތެއް ކަމަށެވެ.
ކޮންމެ ގެއަކާއި ގޯއްޗެއްތެރޭވެސް ދަނޑުވެރިކަމުގެ
މަސައްކަތެއް ކުރުމަކީ، ފެހިކަން އިތުރުވެ، ވައި ސާފުވެ، ރަނގަޅު ކާނާ ހޯދުމަށް
ފަހި ކުރެވިދާނެ ފުރުސަތެއް ކަމަށް ފަސްޓް ލޭޑީ ފާހަގަކުރެއްވިއެވެ..
"ދަނޑުވެރީންގެ ދުވަހުގެ ތަހުނިޔާ، މި
ދާއިރާގެ ހުރިހާ ޚިދުމަތްތެރީންނަށް މި އަރިސްކުރަނީ، ކޮންމެ ދިވެއްސަކީވެސް
ގަސްއިންދާ ހެއްދުމަށް ޝައުގުވެރި ރައްޔިތަކަށް ވުމަށް އިލްތިމާސްކުރަމުން."
އެކަމަނާ ވިދާޅުވިއެވެ.
އެކަމަނާގެ މެސެޖު ނިންމަވާލައްވަމުން ވަނީ، ގަސްގަހާގެހި
ހެއްދުމުގައި ސިއްހީގޮތުން ރައްކާތެރި ހަމަތައް ހިފެހެއްޓެވުމަށް ހަނދުމަކުރުމަށް އިލްތިމާސްކުރައްވާފައެވެ.