ޚަބަރު
ފިޝަރީޒް މިނިސްޓަރ ޝިޔާމް އައްޑޫގައި
ވަޒީރު ޝިޔާމް، ސ. މީދޫ އަށް ވަޑައިގަންނަވާފައިވަނީ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ދަނޑުވެރިންގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި.
މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމް، ސ. މީދޫ އަށް ވަޑައިގަތުން.މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ
ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމް، ސ. މީދޫއަށް
ވަޑައިގަންނަވައިފިއެވެ.
ވަޒީރު ޝިޔާމް، ސ. މީދޫ އަށް ވަޑައިގަންނަވާފައިވަނީ
ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ދަނޑުވެރިންގެ ދުވަހުގެ ހަރަކާތްތަކުގައި
ބައިވެރިވެވަޑައިގަތުމަށްޓަކައެވެ.
ވަޒީރު ޝިޔާމްގެ އިތުރުން އައްޑޫ ސިޓީގެ މޭޔަރު
އަލީ ނިޒާރުވެސް ވަނީ ސ. މީދޫއަށް ވަޑައިގަންނަވާފައެވެ. ވަޒީރާއި އައްޑޫ މޭޔަރު
ވަޑައިގަތުމުން ސ. މީދޫން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.
މިއަހަރުގެ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި
ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އައްޑޫގައި ގިނަ ހަރަކާތްތަކެއް
ކުރިއަށްގެންދިއުމަށް ހަމަޖެހިފައެވެ.