ޚަބަރު
އައްޑޫ މީދޫގައި ނާސަރީއެއް ހުޅުވައިފި
މި ނާސަރީއަކީ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން، މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއާއި އައްޑޫ މީދޫ ކައުންސިލާ ގުޅިގެން ކުރިއަށްގެންދާ ހަރަކާތެއް.
އައްޑޫ މީދޫގައި އެގްރިކަލްޗަރ ނާސަރީއެއް
ހުޅުވައިފިއެވެ.
ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ދަނޑުވެރިންގެ
ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން، އައްޑޫ މީދޫގައި ގާއިމުކުރި އެގްރިކަލްޗަރ
ނާސަރީ ހުޅުވައިދެއްވީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ
ވަޒީރު އަޙްމަދު ޝިޔާމްއެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ފަރާތުން ފަންޑުކޮށްގެން މިއަހަރު ތަރައްގީ ކުރުމަށް ސޮއިކުރެވުނު މި ނާސަރީތަކުގެ ތެރެއިން، މީދޫގައި ހުޅުވުނު މި ނާސަރީއަކީ 23،000 އަކަފޫޓުގެ ބޮޑު ބިމެއްގައި ގާއިމުކުރެވިފައިވާ ތަނެކެވެ.
ނާސަރި ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އައްޑޫ
ސިޓީގެ މޭޔަރު އަލީ ނިޒާރުގެ އިތުރުން މީދޫ ކައުންސިލާއި ދެ ވުޒާރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ނާސަރީގެ ސަބަބުން މި މަޝްރޫއު އަތޮޅު ފެންވަރުގައި އިތުރަށް ފުޅާވެ، އެ ސަރަޙައްދުގެ ރަށްރަށަށް ބޭނުންވާ ގަސް ފަސޭހަކަމާއެކު ލިބިގެންދާނެ މަގު ތަނަވަސްވެގެންދާނެއެވެ.
މި ނާސަރީއަކީ 5 މިލިއަން ގަސް އިންދުމުގެ
ޕްރޮގްރާމުގެ ދަށުން، މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއާއި
އައްޑޫ މީދޫ ކައުންސިލާ ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.
މިއަހަރުގެ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި
ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އައްޑޫގައި ގިނަ ހަރަކާތްތަކެއް
ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.