އައްޑޫ މީދޫގައި "ގްރޯ ވިތު އުރީދޫ" ނަމުގައި ގަސް އިންދުމުގެ ހަރަކާތެއް

"ގްރޯ ވިތު އުރީދޫ" ނަމުގައި ކުރިއަށްގެންދިޔަ ގަސް އިންދުމުގެ ހަރަކާތުގެ ތެރެއިން.
"ގްރޯ ވިތު އުރީދޫ" ނަމުގައި ކުރިއަށްގެންދިޔަ ގަސް އިންދުމުގެ ހަރަކާތުގެ ތެރެއިން.

އައްޑޫ މީދޫގައި "ގްރޯ ވިތު އުރީދޫ" ނަމުގައި ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށްގެންގޮސްފިއެވެ.

ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ދަނޑުވެރިންގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން، އުރީދޫއާއި އައްޑޫ މީދޫ ކައުންސިލާއި ގުޅިގެން ކުރިއަށްގެންދިޔަ "ގްރޯ ވިތު އުރީދޫ" ގަސް އިންދުމުގެ ހަރަކާތުގައި މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ހަރަކާތުގައި އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރުގެ އިތުރުން އުރީދޫ މޯލްޑިވްސް އާއި މީދޫ ކައުންސިލާއި މަސްވެރިކަމާއި ދަނޑުވެރިކަމާބެހޭ ވުޒާރާ އަދި ތިމާވެއްޓާ ބެހޭ ވުޒާރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަހަރުގެ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، އައްޑޫ މީދޫގައި ވަނީ އެގްރިކަލްޗަރ ނާސަރީއެއްވެސް ހުޅުވައިފައެވެ. 

ކޮމެންޓް 0