މާލެއާއި ހުޅުމާލޭގެ ކާރުބާރު ބޮޑު މަގުތަކުގައި ޕާކްކުރުން މަނާކޮށް، އަންނަ ބުދަ ދުވަހުން ފެށިގެން ފިޔަވަޅު އަޅަނީ

ކަނޑައެޅިފައިވާ މަގުތަކާއި ސަރަހައްދުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަނދުތައް ބަލައި، ފިޔަވަޅު އަޅަމުންގެންދާނީ ޑިޖިޓަލް އަދި އިލެކްޓްރޯނިކް ވަސީލަތްތަކާއި ހާއްސަ އެޕްލިކޭޝަންތައް މެދުވެރިކޮށް ދިވެހި ފުލުހުންގެ ހިދުމަތުން.

ފުލުހަކު ހައިވޭގައި. ފައިލް ފޮޓޯ: މިހާރު
ފުލުހަކު ހައިވޭގައި. ފައިލް ފޮޓޯ: މިހާރު

މާލެއާއި ހުޅުމާލޭގެ ކާރުބާރު ބޮޑު މަގުތަކުގައި ޕާކްކުރުން މަނާކޮށް، އަންނަ ބުދަ ދުވަހުން ފެށިގެން ފިޔަވަޅު އަޅަން ފަށާނެކަމަށް އިގުތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

މި ފިޔަވަޅު އަޅަން ނިންމާފައިވަނީ ގާނޫނު ނަންބަރު 2026/16 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) ގެ 93 ވަނަ މާއްދާގެ ދަށުން، އެއްގަމު ދަތުރުފަތުރުގެ ނިޒާމު ވަރުގަދަކޮށް ގާނޫނު ތަންފީޒުކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ކަމަށް އެ ވުޒާރާއިން ކުރި އިއުލާނުގައިވެއެވެ.

މި ނިންމުމާ އެއްގޮތަށް އަންނަ ބުދަ ދުވަހުން ފެށިގެން، ކަނޑައެޅިފައިވާ މަގުތަކާއި ސަރަހައްދުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަނދުތައް ބަލައި، ފިޔަވަޅު އަޅަމުންގެންދާނީ ޑިޖިޓަލް އަދި އިލެކްޓްރޯނިކް ވަސީލަތްތަކާއި ހާއްސަ އެޕްލިކޭޝަންތައް މެދުވެރިކޮށް ދިވެހި ފުލުހުންގެ ހިދުމަތުންނެވެ.

އެހެންކަމުން އެންމެހައި ފަރާތްތަކުން ގާނޫނާއި ގަވާއިދާ އެއްގޮތަށް އުޅަނދު ދުއްވުމަށާއި ބޭނުންކުރުމަށް އެ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

މި ނިޒާމުގެ ދަށުން ދިވެހި ފުލުހުންގެ މަސައްކަތް ކުރިއަށް ގެންދާއިރު، ފިޔަވަޅު އެޅޭ ފަރާތްތަކަށް އެކަމުގެ މަޢުލޫމާތު އެސްއެމްއެސް އަދި އީމެއިލް މެދުވެރިކޮށް ވަގުތުން ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

އެހެންކަމުން، ސީދާ އެފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށްދިނުމަށްޓަކައި، އިއުލާނު ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީހުން ފެށިގެން 7 ދުވަހުގެ ތެރޭގައި، ބޭނުންކުރަމުންދާ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ސިމްސް ޕޯޓަލް މެދުވެރިކޮށް އަޕްޑޭޓް ކުރުމަށްވެސް ވުޒާރާއިން ވަނީ އެދިފައެވެ.

މި އުޞޫލުގެ ދަށުން، މާލެއާއި ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަނދުތައް ބަލައި ފިޔަވަޅު އެޅުމުގައި ފުރަތަމަ މަރުހަލާގައި ހާއްސަ ސަމާލުކަމެއް ދިނުމަށް ހަމަޖެހިފައިވާ ސަރަހައްދުތަކަކީ:

އެ ވުޒާރާއިން ވަނީ، އެއްގަމު ދަތުރުފަތުރުގެ ގާނޫނު ތަންފީޒުކުރުމުގައި އާންމު ރައްޔިތުންގެ ފަރާތުން ވުޒާރާއަށާއި ދިވެހި ފުލުހުންގެ ހިދުމަތަށް ދެއްވާ އެއްބާރުލުން ފާހަގަކޮށް، އިހްލާސްތެރިކަމާއެކު ޝުކުރު އަދާކޮށްފައެވެ.

ކޮމެންޓް 0