އައްޑޫ މީދޫ ދަނޑުވެރިންގެ މާރުކޭޓު ހުޅުވައިފިއެވެ.
މިއަދު ހަވީރު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އައްޑޫ މީދޫ ދަނޑުވެރިންގެ މާރުކޭޓު ރަސްމީކޮށް ހުޅުވައިދެއްވީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމެވެ.

ދަނޑުވެރިންގެ މާރުކޭޓު ރަސްމީކޮށް ހުޅުވައިދިނުމަށްފަހު ވަޒީރު ވަނީ، ވަކިވަކިން އެތަނުގައި ހުރި ސްޓޯލްތަކަށް ޒިޔާރަތްކުރައްވާފައެވެ.
ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ދަނޑުވެރިންގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން މިއަދު ހުޅުވިގެންދިޔަ ދަނޑުވެރިންގެ މާރުކޭޓު ކޮންމެ ހަފުތާ ބަންދަކާ ދިމާކޮށް ބަނދަރު ސަރަހައްދުގައި "ވީކެންޑް މާރކެޓް" ނަމުގައި އެކި ބާވަތްތައް ވިއްކުމަށް ހަމަޖެހިފައިވެއެވެ.
މި ދަނޑުވެރިންގެ މާރުކޭޓްގައި ދަނޑުވެރިން އުފައްދާ ތަރުކާރީއާއި، މޭވާ އަދި ފަލަމަޑީގެ އިތުރުން، އެތަކެތި ބޭނުންކޮށްގެން އުފައްދާ ކާނާގެ ބާވަތްތަކާއި، ގަސް ވަށި ވިއްކުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި މާރުކޭޓަކީ ދަނޑުވެރިންގެ އުފެއްދުންތަކާއި، އައްޑޫގެ އަމިއްލަ އުފެއްދުންތައް އިޝްތިހާރުކޮށް ވިއްކުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މާރުކޭޓެކެވެ.
މިއަހަރުގެ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އައްޑޫގައި ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު، މިއަދު އައްޑޫ މީދޫގައި އެގްރިކަލްޗަރ ނާސަރީ ހުޅުވައި، ގްރޯ ވިތު އުރީދޫގެ ނަމުގައި ގަސް އިންދުމުގެ ހަރަކާތެއްވެސް ވަނީ ބާއްވާފައެވެ.