ޚަބަރު
"ކާނާގެ ރައްކާތެރިކަމަކީ ހަމައެކަނި ތަކެތި އުފެއްދުމެއް ނޫން، ކޮންމެ އާއިލަކަށްވެސް ރަނގަޅު ކާނާ ލިބޭނެ މަގުފަހިވެފައި އޮތުން މުހިންމު"
ކާނާގެ ރައްކާތެރިކަމަކީ ހަމައެކަނި ތަކެތި އުފެއްދުމެއް ނޫންކަމާއި، ކޮންމެ އާއިލާއަކަށްވެސް ފައިދާހުރި، ރަނގަޅު ކާނާ ލިބޭނޭ މަގު ފަހިވެފައި އޮތުމުގެ މުހިންމުކަން އަޅުގަނޑުމެން ހަނދާންކުރަންޖެހެއެވެ.
ކާނާގެ ރައްކާތެރިކަމަކީ ހަމައެކަނި ތަކެތި އުފެއްދުމެއް ނޫންކަމާއި، ކޮންމެ އާއިލާއަކަށްވެސް
ފައިދާހުރި، ރަނގަޅު ކާނާ ލިބޭނޭ މަގު ފަހިވެފައި އޮތުމުގެ މުހިންމުކަން އަޅުގަނޑުމެން
ހަނދާންކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ މުނާސަބުތަގައި މީސްމީޑިއާގައި ހިއްސާ ކުރެއްވި މެސެޖުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ، އަޅުގަނޑުމެންގެ ގޭބިސީތަކުންނާއި މުޖުތަމައުން ނިންމާ ކޮންމެ
ނިންމުމަކީ، މިއަދު އައު އީޖާދުތަކަށް ޖާގަދީ، އަންނަންއޮތް ޖީލުތަކަށް ދުޅަހެޔޮ މާދަމައެއް
ކަށަވަރުކުރުމަށް އެޅޭ ބިންގަލެއް ކަމަށެވެ.
އެކަމަނާ ވިދާޅުވީ، ދެމެހެއްޓެނިވި ގޮތެއްގައި ކާބޯތަކެތި ބޭނުންކުރުމުގެ
އާދަ އަށަގަންނުވައި، އަމިއްލަ ފަސްގަނޑުގައި ހައްދާ ތަކެއްޗަށް އިސްކަންދިނުމާއި،
ސިއްހަތަށް ފައިދާހުރި ކާނާ ހިޔާރުކުރުމުގެ އިތުރުން ކާބޯތަކެތި އިސްރާފުކުރުން ހުއްޓުވުމަކީ
ކިތަންމެ ކުޑަ ކަމެއްހެން ހީވިނަމަވެސް، އެންމެން ގުޅިގެން ކުރެވިއްޖެނަމަ ބޮޑު ބަދަލެއް
ގެނެވިދާނޭ މުހިންމު ކަންކަން ކަމަށެވެ.
އީޖާދީ ވިސްނުމަކީ ހަމައެކަނި ޒަމާނީ ޓެކްނޮލޮޖީއަށް
ބަރޯސާވުމެއް ނޫން ކަމަށާއި، އެއީ އަޅުގަނޑުމެންގެ އާދަކާދަތަކަށް ގެންނަ ހެޔޮ ބަދަލުތަކެއް ކަމަށް ފަސްޓް ލޭޑީ ފާހަގަކުރެއްވިއެވެ.
ފަސްޓް ލޭޑީގެ މެސެޖު ނިންމަވާލައްވަމުން ވަނީ، އަޅުގަނޑުމެން އެންމެން އަތުގުޅާލައިގެން ތިމާވެށި ރައްކާތެރިކޮށް، ކޮންމެ ފަރުދަކަށްމެ
ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ޢަޒުމް ކަނޑައެޅުމަށް އިލްތިމާސްކުރައްވާފައެވެ.