އައްޑޫ މީދޫގައި ކާބޯތަކެތީގެ މައުރަޒެއް ހުޅުވައިފި

މި މައުރަޒުގެ މައިގަނޑު މަގުސަދަކީ ރަށު ފެންވަރުގައާއި ގައުމީ ފެންވަރުގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބާރުއެޅުން.

އައްޑޫ މީދޫގައި ކާބޯތަކެތީގެ މައުރަޒެއް ހުޅުވައިފި

ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ދަނޑުވެރިންގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން، އައްޑޫ މީދޫ ކައުންސިލުން އިސްނަގައިގެން ބޭއްވި ކާބޯތަކެތީގެ މައުރަޒު ހުޅުވައިފިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ކާބޯތަކެތީގެ މައުރަޒު ހުޅުވައިދެއްވީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމެވެ.

މި ރަސްމިއްޔާތުގައި އެގްރޯނެޓްގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޞިނާންގެ އިތުރުން، އައްޑޫ މީދޫ ކައުންސިލާއި ވުޒާރާގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި މައުރަޒުގެ މައިގަނޑު މަގުސަދަކީ ރަށު ފެންވަރުގައާއި ގައުމީ ފެންވަރުގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބާރުއެޅުމެވެ.

މައުރަޒުގެ ތެރެއިން އައްޑޫގެ ގިނަ އަދަދެއްގެ އުފެއްދުންތައް ދައްކާލުމަށް ހަމަޖެހިފައިވެއެވެ.

މިއަހަރުގެ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ދަނޑުވެރިންގެ ދުވަސް އައްޑޫގައި ކުލަގަދަކޮށް ފާހަގަކުރުމަށް ހަމަޖެހިފައިވާއިރު، އިއްޔެވެސް ގިނަ ހަރަކާތްތަކެއް ވަނީ ކުރިއަށްގެންގޮސްފައެވެ.

ކޮމެންޓް 0