ފައްޔާޒަށް އައްޑޫ އިން ބޮޑު ތަރުޙީބެއް

ފައްޔާޒުއަށް މަރުޙަބާ ކިޔުމަށްޓަކައި އެއާޕޯޓަށް ގާތްގަނޑަކަށް 200 އަށް ވުރެ ގިނަ މީހުން ދިޔަ.

17 އޮކްޓޫބަރު 2026 ވީ ބުރާސްފަތި ދުވަހު ފައްޔާޒު އިސްމާއީލް އައްޑޫއަށް ވަޑައިގަތުން. އައްޑޫ ޕްލަސް ފޮޓޯ: ޙަސަން ޝައްމު
17 އޮކްޓޫބަރު 2026 ވީ ބުރާސްފަތި ދުވަހު ފައްޔާޒު އިސްމާއީލް އައްޑޫއަށް ވަޑައިގަތުން. އައްޑޫ ޕްލަސް ފޮޓޯ: ޙަސަން ޝައްމު

އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާ ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލަށް އައްޑޫ ސިޓީ އިން ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.

އައްޑޫ ސިޓީ ގަން އެއާޕޯޓުން ފައްޔާޒުއަށް މަރުޙަބާ ކިޔުމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު އާއި ޑެޕިއުޓީ މޭޔަރު މުޙައްމަދު ޝުއާއު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސޯދިޤު ވަޑައިގެންނެވިއެވެ. އަދި އައްޑޫ ސިޓީ ކައުންސިލްގެ ފޭދޫ ދާއިރާ ތަމްސީލް ކުރައްވާ އިސްމާއީލް އާއި ޒަހާ، ހިތަދޫ މޫލެކެޑެ އަދި ކޮރޮވައު ދާއިރާގެ ކައުންސިލަރުން ކަމުގައިވާ ޝިނާޒު އާއި ނަޒީރު އަދި މަރަދޫފޭދޫ ދާއިރާގެ ކައުންސިލަރު އަޤީލް އަދި މަރަދޫ ދާއިރާގެ ކައުންސިލް މެންބަރު ނުސްރަތު ރަޝީދު ވެސް ވަޑައިގެންނެވިއެވެ.

ފައްޔާޒުއަށް މަރުޙަބާ ކިޔުމަށް ގިނަ އަދަދެއްގެ އެމްޑީޕީގެ އާއްމު މެންބަރުން ގަން އެއާޕޯޓަށް ގޮސްފައިވާއިރު، މިއީ މިފަހުން އެމްޑީޕީގެ އިސްވެރިޔަކު އައްޑޫއަށް ވަޑައިގެންނެވުމުން އެންމެ ގިނަ ބަޔަކު ދިޔަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ގިނަ އަދަދެއްގެ ޒުވާނުން ވެސް ތިބި އިރު ފައްޔާޒުއަށް މަރުޙަބާ ކިޔުމަށް ދިޔަ މީހުން އެތަނަށް ގޮސްފައިވަނީ މާފަތިތައް ވެސް ހިފައިގެންނެވެ.

ފައްޔާޒު ވަޑައިގެންނެވި ސަރަޙައްދުގައި ހަރަކާތްތެރިވި އައްޑޫ ޕްލަސްގެ ނޫސްވެރިން ފާހަގަކުރި ގޮތުގައި، އެ ސަރަހައްދަށް ދިޔަ މީހުންގެ އަދަދު 200 އާއި ގާތްކުރެއެވެ. އޭގެ ތެރެއިން ގިނައީ ޒުވާން އުމުރުގެ ފަރާތްތަކެވެ. 


އެމްޑީޕީ، ފައްޔާޒު އިސްމާޢީލް، އައްޑޫ ސިޓީ
ކޮމެންޓް 0