"ދަނޑުވެރިކަމުގެ ކުރިމަގު" ގެ ނަމުގައި ހާއްސަ ފޯރަމެއް އައްޑޫ މީދޫގައި ބާއްވައިފި

'ދަނޑުވެރިކަމުގެ ކުރިމަގު ފޯރަމް 2026' ގެ ތެރެއިން.
'ދަނޑުވެރިކަމުގެ ކުރިމަގު ފޯރަމް 2026' ގެ ތެރެއިން.

'ދަނޑުވެރިކަމުގެ ކުރިމަގު ފޯރަމް 2026' މިއަދު އައްޑޫ މީދޫގައި ބާއްވައިފިއެވެ.

މި ފޯރަމް ރަސްމީކޮށް ހުޅުވައިދެއްވީ، މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމެވެ. މި ފޯރަމްގައި އައްޑޫ މީދޫގެ ދަނޑުވެރިންނާއި، ސ. އަތޮޅުގެ މަދަރުސާގެ ދަރިވަރުންގެ އިތުރުން ގިނަ އާންމު ރައްޔިތުން ބައިވެރިވިއެވެ.

މި ފޯރަމްގެ ތެރެއިން، ސ. އަތޮޅު މަދަރުސާގެ ދަރިވަރުން ވަނީ ދަނޑުވެރިކަމާ ގުޅޭ އީޖާދީ އުފެއްދުންތަކާއި، މި ދާއިރާއާ މެދު އެކުދިން ދެކޭގޮތުގެ ހިޔާލުތައް ޕްރެޒެންޓޭޝަނެއްގެ ސިފައިގައި ހުށަހަޅައިދީފައެވެ.

މީގެއިތުރުން، ފޯރަމްގެ ހާއްސަ ބައެއްގެ ގޮތުގައި، ދަނޑުވެރިކަމުގެ ސިނާއަތާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ޕެނަލް ޑިސްކަޝަނެއް ވަނީ ކުރިއަށްގެންގޮސްފައެވެ.

މިއީ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާއި  އައްޑޫ މީދޫ ކައުންސިލް ގުޅިގެން ކުރިއަށްގެންދިޔަ ފޯރަމެކެވެ.

ކޮމެންޓް 0