ޒަމާނީ ދަނޑުވެރިކަމާ ހަމައަށް ވާސިލުވުމަށް އައްޑޫ މީދޫ ދަނޑުވެރިން އަގުހުރި މަސައްކަތްތަކެއް ކޮށްފައިވޭ: ވަޒީރު ޝިޔާމް
އައްޑޫ މީދޫއަކީ ދަނޑުވެރިކަމުގެ ދިގު މާޒީއެއް
އޮތް ރަށެއް ކަމަށާއި، މިއަދު ފެންނަމުން މިދާ ޒަމާނީ ދަނޑުވެރިކަމާ ހަމައަށް
ވާސިލުވުމަށްޓަކައި،
އައްޑޫ މީދޫގެ ދަނޑުވެރިން އަގުހުރި ގިނަ މަސައްކަތްތަކެއް
ކޮށްފައިވާކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ވަޒީރު ޝިޔާމް މިހެން ވިދާޅުވީ، މިއަދު އައްޑޫ މީދޫގައި
ކުރިއަށްގެންދިޔަ 'ދަނޑުވެރިކަމުގެ ކުރިމަގު ފޯރަމް 2026' ރަސްމީކޮށް
ހުޅުވައިދެއްވައި، ވާހަކަ ދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ، ރާއްޖޭގެ ދަނޑުވެރިކަމުގެ މުސްތަގުބަލު
އޮތީ ޒުވާނުންގެ އަތްމަތީގައި ކަމަށާއި، އެހެންކަމުން، ފޮތްތަކުން ލިބޭ އިލްމުގެ
އިތުރުން، މި ދާއިރާއިން އަމަލީ ތަޖުރިބާ ހޯދުމަކީ ނުހަނު މުހިންމު ކަމެއް
ކަމަށެވެ.
"މުސްތަގުބަލުގައި ދަނޑުވެރިކަން ކުރިއަށް
ގެންދަން އެބަޖެހޭ. އެގޮތަށް އެކަން ކުރިއަށް ގެންދިއުމަށް ތިބި ބަޔަކީ ތިޔަ
ދަރިވަރުން." ވަޒީރު ވިދާޅުވިއެވެ.
އެހެން ގައުމުތަކާއި އަޅާ ބަލާއިރު ރާއްޖޭގައި
ދަނޑުވެރިކަން ކުރާގޮތް ވަރަށް ތަފާތު ކަމަށާއި، ހަމަ އެގޮތަށް މޫސުމީ
ބަދަލުތަކުގެ ސަބަބުން އެންމެ ނާޒުކު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަން
ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މި
ފޯރަމްގައި އައްޑޫ މީދޫގެ ދަނޑުވެރިންނާއި، ސ. އަތޮޅުގެ މަދަރުސާގެ
ދަރިވަރުންގެ އިތުރުން ގިނަ އާންމު ރައްޔިތުން ބައިވެރިވިއެވެ.
މިއީ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާއި އައްޑޫ މީދޫ ކައުންސިލް ގުޅިގެން ކުރިއަށްގެންދިޔަ ފޯރަމެކެވެ.