އައްޑޫގެ ދަތުރުފަތުރުގެ އޮނިގަނޑު އެކުލަވާލާނެ ކޮންސަލްޓަންޓަކު ހޯދަން އަލުން އިއުލާންކޮށްފި

މި މަސައްކަތުގެ ދަށުން ކުރިއަށް އޮތް 10 އަހަރަށް އަމާޒުކޮށް، އެ ސިޓީގައި އުޅަނދުފަހަރު ގެންގުޅެވޭނެ މިންވަރު ކަނޑައަޅާނެ.

އައްޑޫ ސިޓީ މަތިން ނަގާފައިވާ ފޮޓޯއެއް.
އައްޑޫ ސިޓީ މަތިން ނަގާފައިވާ ފޮޓޯއެއް.

އައްޑޫ ސިޓީގެ 10 އަހަރު ދުވަހުގެ ދެމެހެއްޓެނިވި ދަތުރުފަތުރުގެ އޮނިގަނޑު އެކުލަވައިލުމާއި، އެ ސިޓީގައި އެއްގަމު އުޅަނދުފަހަރު ގެންގުޅެވޭނެ މިންވަރު ކަނޑައެޅުމަށް ބޭނުންވާ ކޮންސަލްޓެންސީ ހިދުމަތް ދޭނެ ފަރާތެއް ހޯދުމަށް އައްޑޫ ސިޓީ ކައުންސިލުން އަލުން އިއުލާންކޮށްފިއެވެ.

މީގެ ކުރިން އޮގަސްޓު މަހުގެ ތެރޭގައިވެސް މި މަސައްކަތަށް ކައުންސިލުން އިއުލާންކުރިއެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ އެ އިއުލާން ބާތިލުކުރުމަށްފަހު، މި މަހުގެ 15 ވަނަ ދުވަހު ވަނީ އަލުން އެ ފުރުސަތު ހުޅުވާލާފައެވެ.

މި މަސައްކަތާއި ގުޅޭ ބިޑް ޑޮކިއުމަންޓް 2026 އޮކްޓޫބަރު 18 ވާ އާދީއްތަ ދުވަހުގެ 10:00 އިން ފެށިގެން 2026 އޮކްޓޫބަރު 22 ވާ ބުރާސްފަތި ދުވަހުގެ 14:00 އާއި ހަމަޔަށް އާއި ހަމަޔަށް އައްޑޫ ސިޓީ ކައުންސިލްގެ ޕްރޮކިއުމަންޓް ޔުނިޓަށް [email protected])) ބީލަން ހުށަހަޅާ ފަރާތުގެ މައުލޫމާތު (ކުންފުނި ނުވަތަ ވިޔަފާރީގެ ނަން، ފޯން ނަންބަރު އަދި މެއިލް އެޑްރެސް) މެއިލްކޮށްގެން ބިޑް ހުށަހެޅުމަށް ރަޖިސްޓްރީކުރަންޖެހެއެވެ.

މި މުއްދަތުގެ ތެރޭގައި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް މަސައްކަތާއި ގުޅޭ މައުލޫމާތު ޝީޓް އަދި ބިޑް ފޯމް ސޮފްޓްކޮޕީ ފޯރމެޓްގައި މެއިލްކުރެވޭނެއެވެ.

މި ޕްރޮޖެކްޓަކީ އައްޑޫގެ މަގުތަކުގެ ތޮއްޖެހުން ކުޑަކޮށް، ރައްކާތެރި އަދި ތިމާވެއްޓާ ރައްޓެހި ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމަށް ކައުންސިލުން ފަށާފައިވާ ބޮޑު މަސައްކަތުގެ ތެރެއިން ކުރިއަށްގެންދާ މުހިންމު އެއް ބައެވެ.

މި ކޮންސަލްޓެންސީގެ މައިގަނޑު މަސައްކަތަކީ އައްޑޫ ސިޓީގެ އެކި އަވަށްތަކުގެ މިހާރުގެ ޓްރެފިކް ހާލަތާއި މަގުތަކުގެ ފެންވަރު ދިރާސާކޮށް، ކުރިއަށް އޮތް 10 އަހަރަށް އަމާޒުކޮށްގެން ދެމެހެއްޓެނިވި ދަތުރުފަތުރުގެ މާސްޓަރ ޕްލޭނެއް އެކުލަވާލުމެވެ. މީގެ ތެރޭގައި، އައްޑޫގެ މަގުތަކުގެ ކެޕޭސިޓީއަށް ބަލައި، އެ ސިޓީގައި އެންމެ ގިނަވެގެން ރަޖިސްޓްރީކޮށްގެން ދުއްވޭނެ އުޅަނދުފަހަރުގެ އަދަދު ނުވަތަ ކެރީންގ ކެޕޭސިޓީ އިލްމީ ދިރާސާއެއްގެ މައްޗަށް ބިނާކޮށް ކަނޑައެޅުން ހިމެނެއެވެ.

މީގެ އިތުރުން، އުޅަނދުފަހަރު ރަޖިސްޓްރީކުރުމުގައި އަމަލުކުރާނެ އުސޫލުތަކާއި، ޕަބްލިކް ޓްރާންސްޕޯޓް ފުޅާކުރާނެ ގޮތުގެ ލަފާ ދިނުންވެސް ކޮންސަލްޓަންޓުގެ ޒިންމާތަކުގެ ތެރޭގައި ހިމެނޭނެއެވެ. އައްޑޫ ސިޓީ ކައުންސިލުން ގެޒެޓުކޮށްފައިވާ އިއުލާނުގައި ބުނެފައިވާ ގޮތުން، މި ބީލަމުގައި ބައިވެރިވެވޭނީ ދިވެހިރާއްޖޭގައި މި ބާވަތުގެ ވިޔަފާރިކުރުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

މި ކަމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ނޮވެންބަރު މަހުގެ 4 ވަނަ ދުވަހުގެ ހެނދުނު 09:30 އެވެ. ބީލަން ހުށަހަޅަން ޖެހެނީ އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއަށެވެ. އަދި ބީލަންތައް ހުޅުވުން އޮންނާނީވެސް ހަމަ އެ ދުވަހުގެ އެ ގަޑީގައި ކައުންސިލް އިދާރާގައެވެ.

ކޮމެންޓް 0