ދަނޑުވެރިކަމުގެ ސިޔާސަތު އެކުލަވައިލުމަށް މުހިންމު މަޝްވަރާ ބައްދަލުވުމެއް އައްޑޫގައި ބާއްވައިފި
މި ބައްދަލުވުމުގައި ދަނޑުވެރިކަމުގެ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ މެދު މަޝްވަރާކޮށް، އެކަންކަމަށް އޮތް އަމަލީ ހައްލުތަކާއި ކުރިއަށް ދާނެ ގޮތުގެ އިރުޝާދު ދީފައިވޭ.
ދަނޑުވެރިކަމުގެ ސިޔާސަތު އެކުލަވައިލުމުގެ މަސައްކަތް
މިހާރު ކުރިއަށްދާއިރު، އެކަމާ ގުޅޭގޮތުން މުހިންމު މަޝްވަރާ ބައްދަލުވުމެއް
އައްޑޫ މީދޫގައި ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި ދަނޑުވެރިކަމުގެ ދާއިރާއަށް ކުރިމަތިވެފައިވާ
ގޮންޖެހުންތަކާ މެދު މަޝްވަރާކޮށް، އެކަންކަމަށް އޮތް އަމަލީ ހައްލުތަކާއި ކުރިއަށް
ދާނެ ގޮތުގެ އިރުޝާދު ދީފައިވެއެވެ.
މީގެއިތުރުން، ދަނޑުވެރިކަމުގެ ދާއިރާގެ މުސްތަގުބަލު
ބައްޓަންކުރުމަށްޓަކައި ބޭނުންވާ މައުލޫމާތު އެއްކުރުމާއި، ކަމާގުޅޭ ފަރާތްތަކާއެކު
މަޝްވަރާތައް ކުރިއަށްގެންގޮސްފައިވެއެވެ.
މި ބައްދަލުވުމުގައި އައްޑޫ ސިޓީގެ ހުޅުދޫ އަދި މީދޫގެ
ދަނޑުވެރިންނާއި، ދާއިރާގެ މަސްލަޙަތު ހިމެނޭ އެކި ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ.
މީގެ ކުރިންވެސް ސަރުކާރުގެ ވުޒާރާތަކާއި، ކޯޕަރޭޓިވް
ސޮސައިޓީތަކުގެ އިތުރުން ދާއިރާގެ އެކި ފަރާތްތަކާއެކު މިފަދަ މަޝްވަރާ ބައްދަލުވުންތައް
ވަނީ ބާއްވައިފައެވެ.