ދަރަނި ދެއްކޭނެ ކަމަށާއި މާލީ ބުރައެއް ނެތް ކަމަށް މާލީ ވަޒީރު ވިދާޅުވެއްޖެ
ކުރިއަށް އޮތް ތަނުގައި ދައްކަންޖެހޭ ދަރަނިތައް އަދާކުރުމަށް ސަރުކާރުން ހަރުދަނާ އިންތިޒާމުތަކެއް ހަމަޖައްސާފައިވާ ކަމަށް މާލީ ވަޒީރު ވިދާޅުވި.
ދައުލަތުގެ ދަރަނި ދެއްކޭނެ ކަމުގެ ޔަގީންކަން އޮތް
ކަމަށާއި، ނުއުފުލޭ ވަރުގެ މާލީ ބުރައެއް މިހާރު ނެތް ކަމަށް، މާލީ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
އާންމުންނަށް ސުވާލުކުރުމުގެ ފުރުސަތު ހުޅުވާލައިގެން ބޭއްވި “އަހާ” ފޯރަމްގެ 10 ވަނަ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ވަޒީރު
ޒަރީރު
ވިދާޅުވީ، ދަރަނި އަދާކުރުމުގެ ގާބިލުކަން ސަރުކާރުގައި އެބައޮތް ކަމަށާއި، މާލީ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށެވެ.
ކުރިއަށް އޮތް ތަނުގައި ދައްކަންޖެހޭ ދަރަނިތައް އަދާކުރުމަށް
ސަރުކާރުން ހަރުދަނާ އިންތިޒާމުތަކެއް ހަމަޖައްސާފައިވާ ކަމަށް މާލީ ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ގިނައިން ބޭރުގެ ދަރަނި ދައްކަންޖެހުނު އަހަރަށް މި އަހަރުވީއިރު، މި ދަރަނިތައް ދެއްކުމާއެކު ދައުލަތަށް އޮތް މާލީ ބުރަ މިހާރު ވަރަށް ބޮޑަށް ކުޑަވެފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އަދި ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ މަތިކުރުމަކީ އޭގެ
ހެކި ކަމަށް ވަޒީރު ޒަރީރު ފާހަގަކުރެއްވިއެވެ.
ދައުލަތުގެ ރިޒާވް މިހާރު ދަށްވެފައިވީ ނަމަވެސް، ޒަރޫރީ މުދާ އެތެރެކުރުމަށާއި އަސާސީ ހިދުމަތްތައް
ފޯރުކޮށްދިނުމަށް ބޭނުންވާ މިންވަރަށް ބޭރު ފައިސާގެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށް
ވަޒީރު ވިދާޅުވިއެވެ.
އަދި އިގުތިސާދީ ދުވެލި ހުރީ ރަނގަޅު މިސްރާބެއްގައި ކަމަށާއި، ފަތުރުވެރިކަމުގެ ސިނާއަތުން
ލިބޭ އާމްދަނީ އިތުރުވަމުން އަންނަކަން
ވަޒީރު ފާހަގަކުރެއްވިއެވެ.