ކޮރެއާ އަށް ދަނީ މޭޔަރަށް ނުދެވޭތީ، އެއީ ކައުންސިލްގެ ނިންމުމެއް: ޝިނާޒް
ދެކުނު ކޮރެއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤްވާމީ ބައްދަލުވުމެއްގައި އައްޑޫ ސިޓީ ކައުންސިލް ތަމްސީލުކުރައްވާ ގޮތަށް ހަމަޖެހުނީ އެ ދަތުރުގައި އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރަށް ބައިވެރިވެ ވަޑައިނުގެންނެވޭތީ ކަމަށް ހިތަދޫ ކޮރޮވައު ދާޢިރާގެ ކައުންސިލަރު އިބްރާހިމް ޝިނާޒު ވިދާޅުވެއްޖެއެވެ.
އައްޑޫޕްލަސް އާއި މިއަދު ވާހަކަ ދައްކަވަމުން ޝިނާޒު ވިދާޅުވީ، ކޮރެއާ އަށް ވަޑައިގަންނަވަނީ އެގޮތަށް ސިޓީ ކައުންސިލުން ފާސްކޮށްގެން ކަމަށެވެ.
ޝިނާޒު ކޮރެއާ އަށް ވަޑައިގަންނަވަނީ ވޯލްޑް ހިއުމަނިސްޓިކް ސިޓީސް ނެޓްވޯކްގެ ފަރާތުން އިންތިޒާމުކޮށްގެން، ބާއްވާ "ސެކަންޑް ޖެނަރަލް އެސެމްބްލީ އޮފް ދަ ވޯލްޑް ހިއުމަނިސްޓިކް ސިޓީސް ނެޓްވޯކް" ގައި ބައިވެރިވެވަޑައިގަތުމަށެވެ. މި ބައްދަލުވުން އޮންނާނީ
2026 ވަނަ އަހަރުގެ އޮކްޓޯބަރ 29 އިން 31 އަށް ކޮރެއާގެ އެންޑޮންގ ސިޓީގައެވެ.
ކޮރެއާގައި އޮންނަ މި ބައްދަލުވުމައި ޝިނާޒުގެ އިތުރުން ދެން ބައިވެރިވެ ވަޑައިގަންނަވަނީ، ފޭދޫ ކައުންސިލަރ އިސްމާޢީލް ސަޢީދެވެ.