އިރުޝާދިއްޔާ ސްކޫލުގެ ދަރިވަރުން އެމްޑަބްލިއުއެސްސީގެ ވޯޓަރ ޓްރީޓްމަންޓް ފެސިލިޓީއަށް

ކީ ސްޓޭޖް 2 ގެ ދަރިވަރުން ވަނީ ސާފު ބޯފެން އުފައްދާ ގޮތް އަމަލީ ގޮތުން ބަލައިލާފައި

އިރުޝާދިއްޔާ ސްކޫލުގެ ކީ ސްޓޭޖް 2 ގެ ދަރިވަރުން، ސާފު ބޯފެން އުފައްދާ ގޮތް ބަލައިލުމަށްޓަކައި އެމްޑަބްލިއުއެސްސީގެ އައްޑޫ ވޯޓަރ ޓްރީޓްމަންޓް ފެސިލިޓީގައި.
އިރުޝާދިއްޔާ ސްކޫލުގެ ކީ ސްޓޭޖް 2 ގެ ދަރިވަރުން، ސާފު ބޯފެން އުފައްދާ ގޮތް ބަލައިލުމަށްޓަކައި އެމްޑަބްލިއުއެސްސީގެ އައްޑޫ ވޯޓަރ ޓްރީޓްމަންޓް ފެސިލިޓީގައި.

އައްޑޫ ސިޓީ އިރުޝާދިއްޔާ ސްކޫލުގެ ކީ ސްޓޭޖް 2 ގެ ދަރިވަރުން، ސާފު ބޯފެން އުފައްދާ ގޮތް ބަލައިލުމަށްޓަކައި އެމްޑަބްލިއުއެސްސީގެ އައްޑޫ ވޯޓަރ ޓްރީޓްމަންޓް ފެސިލިޓީއަށް ޒިޔާރަތްކޮށްފިއެވެ.

އިރުޝާދިއްޔާ ސްކޫލުން ބުނި ގޮތުގައި، އިއްޔެ ކުރިއަށްދިޔަ މި ޒިޔާރަތުގައި ދަރިވަރުން ވަނީ ފެން ސާފުކުރާ މަރުކަޒުގައި މަސައްކަތްކުރާ ގޮތް އަމަލީ ގޮތުން ބަލައިލާފައެވެ. އަދި ފެން އުފެއްދުމުގެ މަރުހަލާތަކާ ގުޅޭގޮތުން ދަރިވަރުން ކުރި ސުވާލުތަކަށް އެމްޑަބްލިއުއެސްސީގެ މުވައްޒަފުން ވަނީ ޖަވާބުދީފައެވެ.

މި ޒިޔާރަތުގައި ދަރިވަރުންނަށް މަރުހަބާ ކިޔައި، ފެން އުފައްދާ ގޮތް ކިޔައިދިނުމުގައި އެމްޑަބްލިއުއެސްސީގެ އައްޑޫ ޓީމުން ދިން އެއްބާރުލުން ފާހަގަކޮށް، ސްކޫލުގެ ފަރާތުން ވަނީ އެ ކުންފުންޏަށް ޝުކުރު އަދާކޮށްފައެވެ. ސްކޫލުން އާންމުކުރި މައުލޫމާތުގައިވާ ގޮތުން، މިއީ ދަރިވަރުންނަށް ވަރަށް ފައިދާހުރި އަދި އުފާވެރި ތަޖުރިބާއެކެވެ.

11 ފެބްރުއަރީ 1990 ގައި އުފެދުނު އިރުޝާދިއްޔާ ސްކޫލަކީ މަރަދޫ އަދި މަރަދޫފޭދޫގެ ދަރިވަރުންނަށް ތައުލީމު ފޯރުކޮށްދިނުމަށް ގާއިމުކޮށްފައިވާ ސަރުކާރުގެ ސްކޫލެކެވެ. ފައުންޑޭޝަން ސްޓޭޖުން ފެށިގެން ކީ ސްޓޭޖް 4 އާ ހަމައަށް ކިޔަވައިދެމުން އަންނަ މި ސްކޫލުން އަންނަނީ ދަރިވަރުންނަށް އަމަލީ ތަޖުރިބާ ހޯދައިދިނުމަށް ތަފާތު ހަރަކާތްތައް ހިންގަމުންނެވެ. އެގޮތުން، ތިމާވެއްޓާ ގުޅޭ ކަންކަމާއި، ދަނޑުވެރިކަމުގެ އަމަލީ ތަޖުރިބާ ހޯދުމަށް މީގެ ކުރިންވެސް އެ ސްކޫލުގެ ދަރިވަރުން ވަނީ އައްޑޫގެ އެކި މަރުކަޒުތަކަށް ޒިޔާރަތްކޮށްފައެވެ.


ކޮމެންޓް 0