ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިނގަން ނިންމާފައިވާ މަޝްރޫއު ފަދަ މަޝްރޫޢެއް އައްޑޫ ސިޓީ ގައި ހިންގުމަށް އައްޑޫ ސިޓީ ކައުންސިލުގެ ފަރާތުން އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
ނިޒާރު މިހެން ވިދާޅުވެފައި ވަނީ އައްޑޫއަށް ބަދަލުކުރުމާ ގުޅޭ ގޮތުން އެމްޑީޕީގެ ކޮންގްރެސްގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު އާއި ދެބޭފުޅުންގެ ދެމެދުގައި ކުރެވުނު މުޢާމަލާތެއްގެ ތެރެއިންނެވެ. އެގޮތުން އައްޑޫ މޭޔަރު ނިޒާރުގެ އަރިހުން ނަޝީދު ފުރަތަމަ އެއްސެވީ އީގަލް ހިލްސްއިން އައްޑޫއަށް މަޝްރޫއު ގެންދަން އެއްބަސްވެއްޖެ ނަމަ ސިޓީ ކައުންސިލާއި ރައްޔިތުން ދެކޭނީ ކިހިނެއްތޯ އެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ނިޒާރު ވިދާޅުވީ މިހާރު އެ މަޝްރޫއު އޮތް ގޮތަށް އައްޑޫއަށް ގެންދަން ބޭނުން ނުވާ ކަމަށެވެ.
