އައްޑޫ ހުޅުދޫ ކައުންސިލާއި ރ. އަލިފުށީ ކައުންސިލް ގުޅިގެން މަސައްކަތުގެ ތަޖުރިބާ ހިއްސާކުރުމުގެ ބައްދަލުވުމެއް ބާއްވައިފިއެވެ. ދެ ރަށުގެ ކައުންސިލްގެ މެދުގައި ބޭއްވި މި ބައްދަލުވުމުގައި ދެ ކައުންސިލުން ކުރަމުންދާ އެކި މަސައްކަތްތަކާ ގުޅޭ ގޮތުން ވާހަކަދައްކައި، ދެ ފަރާތުގެ ތަޖުރިބާ ވަނީ ހިއްސާކޮށްފައެވެ.
މި ބައްދަލުވުމުގައި ބައިވެރިވި އައްޑޫ ހުޅުދޫ ކައުންސިލަކީ އައްޑޫ ސިޓީ ކައުންސިލާ ވަކިން، މީހުން ދިރިއުޅޭ ވަކި ރަށެއްގެ ގޮތުގައި ކަނޑައެޅުމަށްފަހު އަލަށް އުފައްދާފައިވާ ކައުންސިލް އިދާރާއެކެވެ.
