މަރަދޫ "ލޯކަލް މާރުކޭޓް" ޢިމާރާތް ޖަނަވާރުންގެ ކްލިނިކަކަށް ބަދަލުކުރަނީ
ޖަނަވާރުންގެ ކްލިނިކް ގާއިމްކުރުމަކީ ބަދަހި އައްޑޫއެއް ބިނާކުރުމަށް މުހިއްމު ކަމެއްގެ ގޮތުގައި ކައުންސިލަށް ހުށަހަޅުނު ހުށަހެޅުމުގައި ބަޔާންކޮށްފައިވޭ.
އައްޑޫ ސިޓީ މަރަދޫގައި ކައުންސިލުން ޚަރަދުކޮށްގެން ޤާއިމްކުރި، މަރަދޫ "ލޯކަލް މާރުކޭޓް" ޢިމާރާތް ޖަނަވާރުންގެ ކްލިނިކަކަށް ބަދަލުކުރަން އައްޑޫ ސިޓީ ކައުންސިލުން ފާސްކޮށްފިއެވެ.
ކައުންސިލުން މިގޮތަށް ފާސްކުރީ މިއަދު ބޭއްވި ކައުންސިލްގެ 5 ވަނަ ދައުރުގެ 22 ވަނަ ޖަލްސާގައެވެ.
ޖަނަވާރުންގެ ކްލިނިކް ގާއިމްކުރަނީ މަރަދޫގައި ކައުންސިލުން ޚަރަދުކޮށްގެން ގާއިމްކުރި މަރަދޫ 'ލޯކަލް މާރުކޭޓް' އިމާރާތުގައި ކަން އެނގުނީ ބައްދަލުވުމުގައި ކައުންސިލަރު ޒަރީރު އާއި މޭޔަރު އަލީ ނިޒާރު ދެއްކެވި ވާހަކައިންނެވެ.
ޒަރީރުގެ ވާހަކަފުޅުގައި އިމާރާތުގެ ފޮޓޯތައް ކައުންސިލްގެ ބައްދަލުވުމުގައި ސްކްރީން ޝެއަރކޮށް ދައްކަން އެދުނެވެ. އެއާއި އެކު މޭޔަރު ނިޒާރު ދެންނެވީ ބައްދަލުވުމުގެ ބައިވެރިންގެ އަތުގައި ރިޕޯޓް އޮތްކަމަށެވެ. އެހެން ނަމަވެސް ޒަރީރު ބޭނުންފުޅުވެގެން ސްކްރީން ޝެއަރކޮށް ވަނީ އިމާރާތުގެ ފޮޓޯތައް ހިއްސާކޮށްފައެވެ.
މި ފޮޓޯތައް ހިއްސާކުރުމުން ވާހަކަ ދައްކަވަމުން ނިޒާރު ވިދާޅުވީ މާރުކޭޓެއްގެ ގޮތުގައި އިމާރާތް ކުރި ނަމަވެސް އެތަން އެކަށީގެންވާ ގޮތެއްގައި ބޭނުންކުރެވިފައި ނުވާކަމަށެވެ. އަދި ފަހުން ކަސްޓަމްސް ބިލްޑިންގެ މަސައްކަތް ކުރި ފަރާތްތަކުން ވެސް އެ އިމާރާތް ބޭނުންކުރި ކަމަށެވެ.
ފޮޓޯތަކުން ފެންނަ ގޮތުގައި އިމާރާތުގެ އެތެރޭގައި ދަގަނޑު ހޮޅިއާއި ގިނަ ސާމާނުތައް ބަހައްޓާފައި ހުއްޓެވެ.
ކައުންސިލްގެ އޮފިޝަލަކު ވިދާޅުވީ އައްޑޫގައި ޖަނަވާރުންގެ ކްލިނިކެއް ގާއިމްކުރަން ނިންމީ އައްޑޫގައި އުޅޭ ޖަނަވާރުތަކަށް ދިމާވާ ބަލިތަކަށް އައްޑޫއިން ފަރުވާ ދެވެން ނެތުމާއި އަދި އެކަމުގެ ސަބަބުން އާއްމު ރައްޔިތުންގެ ސިއްޙަތަށް ވެސް ނުރައްކާ ކުރިމަތިވާތީ ކަމަށެވެ.
އަދި ޖަނަވާރުންގެ ކްލިނިކް ގާއިމްކުރުމަކީ ބަދަހި އައްޑޫއެއް ބިނާކުރުމަށް މުހިއްމު ކަމެއްގެ ގޮތުގައި ކައުންސިލަށް ހުށަހަޅުނު ހުށަހެޅުމުގައި ބަޔާންކޮށްފައިވެއެވެ.
ވާހަކަ ދައްކަވަމުން ކައުންސިލަރު ޒަރީރު ވެސް ވަނީ އައްޑޫގައި ޖަނަވާރުންގެ ކްލިނިކެއް ގާއިމްކުރުމަކީ ވަރަށް ގިނަ ބަޔަކު އެދެމުން އައި ކަމެއް ކަމަށެވެ. އަދި މިވަގުތު އެންމެ އަވަހަށް މިކަން ކުރެވެން އޮތީ
މަރަދޫ "ލޯކަލް މާރުކޭޓް" ޢިމާރާތުގައި އެތަން ގާއިމްކޮށްގެން ކަން އޭނާ ފާހަގަކުރިއެވެ.
M.radhoo ga thithan alhane kamenne Thithan hadhgan emme rangalhuvaanee Hithadhoo ga