އައްޑޫ ލިންކް ރޯޑު މިހާރު އޮތް ހާލަތަށް ބަލާއިރު، އެ މަގުގެ ތާރުގަނޑު އެއްކޮށް ކަހާލުން ވެސް މާ ރަނގަޅުވާނެ ކަމަށް މޭޔަރު ނިޒާރު މިއަދު ވިދާޅުވެއްޖެއެވެ.
ނިޒާރު މިހެން ވިދާޅުވީ މިއަދު ބޭއްވި ކައުންސިލްގެ 22 ވަނަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

މޭޔަރު ވިދާޅުވި ގޮތުގައި، ލިންކްރޯޑުގެ އެކި ތަންތަނުގައި ވަޅުތައް ހުރުމުގެ ސަބަބުން މިހާރު އެ މަގުން ނުވެސް ދުއްވެއެވެ.
އަދި މަގު ހަލާކުވެފައި އޮތުމުގެ ސަބަބުން ނުރައްކާތެރި ހާދިސާތައް ވެސް ހިނގަމުންދާކަން ނިޒާރު ފާހަގަކުރެއްވިއެވެ. އެހެންކަމުން، މިހާރު އެ މަގު އޮތް ގޮތަށް އޮތުމަށް ވުރެ ނެތުން ވެސް މާ ރަނގަޅު ކަމަށާއި، ތާރުގަނޑު އެއްކޮށް ކަހާލުމުން ދަތުރުކުރާ ފަރާތްތަކަށް މާ ބޮޑު ފަސޭހައަކަށް ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، އެ މަގު ހެދުމުގެ މަސައްކަތް ބަޔަކާ ހަވާލުކުރިކަން ސޯޝަލް މީޑިއާއިން ފެނިވަޑައިގެންނެވި ނަމަވެސް، އެކަން ކައުންސިލަށް ރަސްމީކޮށް އަންގާފައި ނުވާ ކަމަށް ނިޒާރު ވިދާޅުވިއެވެ.
އަދި މަގުގެ ދެ ފަރާތް މިނިސްޓްރީގެ ފަރާތުން ސާފުކުރަމުންދާކަން ރައްޔިތުންނަށް ވެސް އެނގޭ ކަމަށާއި، އެތަނަކީ މިހާރު މިނިސްޓްރީން މަސައްކަތް ކުރަމުންދާ ސައިޓެއް ކަމަށް ވާތީ ކައުންސިލަށް މި ވަގުތު އެ މަގަށް އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.