ޖަލްސާތަކުގައި ކައުންސިލަރުން ފޯނު ބޭނުންކުރަނީ ލިޔުންތައް ބަލަން: ޑރ. އަދާލާ

ކައުންސިލްގެ ޖަލްސާތަކަށް ޕްރިންޓްކުރި ކަރުދާސް ތައްޔާރުނުކުރާ ކަމަށާއި ލިޔުންތައް ހިއްސާކުރަނީ ޑިޖިޓަލްކޮށް ކަމަށް މޭޔަރު ނިޒާރު ވިދާޅުވި.

ހިތަދޫ މާމެންދޫ ދާއިރާގެ މެންބަރު ޑރ. އައިމިނަތު އަދާލާ ރަޝީދު. ޖަލްސާތަކުގައި ފޯނު ބޭނުންކުރައްވަނީ ރަސްމީ ބޭނުމަށް ކަމަށް ވިދާޅުވި.
ހިތަދޫ މާމެންދޫ ދާއިރާގެ މެންބަރު ޑރ. އައިމިނަތު އަދާލާ ރަޝީދު. ޖަލްސާތަކުގައި ފޯނު ބޭނުންކުރައްވަނީ ރަސްމީ ބޭނުމަށް ކަމަށް ވިދާޅުވި.

އައްޑޫ ސިޓީ ކައުންސިލްގެ ބައްދަލުވުންތަކުގައި މެންބަރުން ފޯނާއި ލެޕްޓޮޕް އަދި ސާފޭސް ޕްރޯ ބޭނުންކުރައްވަނީ އެޖެންޑާ އާއި ރަސްމީ ލިޔުންތައް ބެއްލެވުމަށް ކަމަށް އެ ކައުންސިލްގެ ހިތަދޫ މާމެންދޫ ދާއިރާގެ މެންބަރު ޑރ. އައިމިނަތު އަދާލާ ރަޝީދު ވިދާޅުވެއްޖެއެވެ. 

އަދާލާ ވިދާޅުވީ، ކައުންސިލްގެ ބައްދަލުވުންތަކުގައި ކައުންސިލަރުން ފޯނާ ކުޅެން ތިބޭ ކަމަށް ރިޕޯޓްކޮށްފައި ވަނީ ރައްޔިތުންނަށް އޮޅޭ ގޮތަށް ކަމަށެވެ. އެހެން ނަމަވެސް ރިޕޯޓަރުގެ ނިޔަތް ރަނގަޅުވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި، ނަމަވެސް އެއީ ރަނގަޅު މައުލޫމާތެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

އަދާލާ ވިދާޅުވީ ރަސްމީ ޖަލްސާއަށް ވަޑައިގަތުމުގެ ކުރިން މެއިލްގެ ޒަރިއްޔާއިން ލިޔެކިޔުންތައް ލިބޭ ކަމަށެވެ. އަދި ބައްދަލުވުން ކުރިއަށްދަނީ ފޯނު ނުވަތަ ލެޕްޓޮޕް ނުވަތަ ސާފޭސް ޕްރޯ މެދުވެރިކޮށް އެ މައުލޫމާތު ބަލައިގެންކަން އަދާލާ ފާހަގަކުރެއްވިއެވެ. އަދި މިހާރަކީ ވަރަށް ޑިޖިޓަލް ޒަމާނެއް ކަމަށާއި، ހަމަ އެފަދަ އާލާތްތައް ބޭނުންކޮށްގެން ކުރިއަށްގެންދަނީ މުނިފޫހިފިލުވުން ނޫންކަން ބަލަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، ރަސްމީ މަސައްކަތުގެ ވެސް ބޮޑު ބައެއް ހިނގަނީ މި އާލާތްތައް ބޭނުންކޮށްގެން ކަމަށް އަދާލާ ވިދާޅުވިއެވެ.

އަދާލާގެ މި ވާހަކަތަކާ ގުޅިގެން އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ، ކައުންސިލްގެ ޖަލްސާތަކަށް ޕްރިންޓްކުރި ކަރުދާސް ނުއަރުވާ ކަމަށާއި ލިޔުންތައް ހިއްސާކުރަނީ ޑިޖިޓަލްކޮށް ކަމަށެވެ. އަދި އެއްވެސް ކައުންސިލަރެއްގެ ފަރާތުން ޖަލްސާއަށް ސަމާލުކަން ނުދޭ ފަދަ ކަމެއް ފާހަގަކުރެވިފައި ނުވާ ކަމަށް ވެސް ނިޒާރު ވިދާޅުވިއެވެ.

ކައުންސިލަރު އަދާލާއާއި މޭޔަރު ނިޒާރު މިހެން ވިދާޅުވި ނަމަވެސް، އައްޑޫ ސިޓީ ކައުންސިލްގެ ޖަލްސާތަކުގައި ތަކުރާރުކޮށް ސޯޝަލް މީޑިއާގެ ވަސީލަތްތައް ބޭނުންކުރާ ކަމަށް ބުނެ ގިނަ ބަޔަކު ޝަކުވާކުރެއެވެ. އަދި މިފަހުން ބޭއްވި ބައްދަލުވުންތަކުގެ ނެޕްޝޮޓްތައް ލައިވްގައި ވެސް މެންބަރުން ފޯނާ ކުޅެން ގިނަ އިރު ތިއްބަވާ މަންޒަރު ފެންނަ ވީޑިއޯގެ ސްސޯޝަލް މީޑިއާގައި ދައުރުކޮށްފައިވެއެވެ. އެގޮތުން ވަކި ކައުންސިލަރުން ފޯނުން ކުޅެން ތިއްބަވާ މަންޒަރުގެ ސްނެޕްޝޮޓްތައް ހިމެނޭއިރު އޭގެ ތެރޭގައި ކައުންސިލަރ އަދާލާގެ ވީޑިއޯ އެއް ވެސް ހިމެނެއެވެ. އަދި ކައުންސިލްގެ ފޭސްބުކް ޕޭޖްގައި ހުރި ކައުންސިލްގެ ޖަލްސާތަކުގެ ރެކޯޑިން އިން މިހާރު ވެސް އެ ގޮތަށް މެންބަރުން ފޯނާ ކުޅެން ތިއްބަވާ މަންޒަރު ފެނެއެވެ.

ކޮމެންޓް 1
Iku9 ދުވަސް ކުރިން

Laafa mi in foto ga ves adhaala foanuga mieny tiktok