އޭއީއެޗްގައި އައިޕީސީ ވީކް ފާހަގަކުރުމުގެ ގޮތުން އެޓެންޑެންޓުންނަށް ޓްރެއިނިންގ ޕްރޮގްރާމެއް

އޭއީއެޗްގައި އައިޕީސީ ވީކް ފާހަގަކުރުމުގެ ގޮތުން އެޓެންޑެންޓުންނަށް ޓްރެއިނިންގ ޕްރޮގްރާމެއް

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ މަސައްކަތްކުރާ އެޓެންޑެންޓުންނަށް ހާއްސަ ތަމްރީން ޕްރޮގްރާމެއް ކުރިއަށްގެންގޮސްފިއެވެ.

"އިންފެކްޝަން ޕްރިވެންޝަން އެންޑް ކޮންޓްރޯލް" (އައި.ޕީ.ސީ) 2026 ހަފުތާ، ފާހަގަކުރުމުގެ ގޮތުން އޭއީއެޗްގެ ނަރުހުންގެ ޑިޕާޓްމަންޓުން ކުރިއަށްގެންދިޔަ ތަމްރީން ޕްރޮގްރާމުގެ ތެރެއިން ސާފުކުރުމާއި، ޑިސްއިންފެކްޓްކުރުމާއި، އަދި އިންފެކްޝަން ޕްރިވެންޝަންގެ އާދަތަކާ ގުޅޭގޮތުން އެ މަސައްކަތްތަކުގައި ޝާމިލުވެ އުޅޭ އެންމެހައި ފަރާތްތަކަށް ހާއްސަކޮށް މައުލޫމާތުދީފައިވެއެވެ.

އައިޕީސީގެ މިއަހަރުގެ ޝިއާރުގެ ގޮތުގައި "އިންފެކްޝަން ޕްރިވެންޝަންގެ ޖީލުތައް - މާޒީ. މިހާރު. ރައްކާތެރިކަން." ކަނޑައަޅާފައިވާއިރު، އޭއީއެޗުން ބުނެފައިވާގޮތުގައި ސާފުތާހިރު ކޮންމެ މާހައުލަކީވެސް، ރައްކާތެރި ފަރުވާއަށް މަގުފަހިކޮށްދޭ ކަމެކެވެ.

މިއަހަރުގެ ޝިއާރާއެކު، އެންމެން ގުޅިގެން ބަލިތައް ފެތުރުން ހުއްޓުވައި، ފުރާނަ ސަލާމަތްކޮށް، ކޮންމެ ބަލިމީހަކަށްމެ ރައްކާތެރި މުސްތަގުބަލެއް ބިނާކުރުމުގައި ބައިވެރިވުމަށް ހުރިހާ ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުން އިލްތިމާސްކުރެއެވެ.

ކޮމެންޓް 0