ވިއްސާރައަކަށް ހުއްޓުމެއް ނެތް، މިއަދު ފައްޔާޒު މަރަދޫގައި ދޮރުން ދޮރަށް
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކުރީގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް މަރަދޫގެ ގެތަކަށް ދޮރުން ދޮރަށް ހިންގަވަމުން އެބަގެންދަވައެވެ.
އައްޑޫ ސިޓީއަށް ވަޑައިގެން ފައްޔާޒު އެމްޑީޕީގެ ޕްރައިމަރީއަށް ކެމްޕެއިން ކުރައްވަމުން ގެންދަވާއިރު، މިއަދު ޚާއްސަކޮށްފައިވަނީ މަރަދޫގެ ގެތަކަށް ޒިޔާރަތް ކުރުމަށެވެ.
މިއަދަކީ އައްޑޫއަށް ވިއްސާރަ ދުވަހެއް ނަމަވެސް، އެ ރަށުގެ ގޭގެއަށް ވަޑައިގެން، މެދުކެނޑުމެއް ނެތި ފައްޔާޒު ގެންދަވަނީ އާއްމުންނާއި ބައްދަލުކުރައްވަމުންނެވެ.
އެ ރަށުގެ ގޭގެއަށް ކުރައްވާ މި ޒިޔާރަތްތަކުގައި ފައްޔާޒުއާއި އެކު މަރަދޫގެ ކުރީގެ ދެ ކައުންސިލަރުންނާޢި މިހާރުގެ ކައުންސިލަރ ނުސްރަތު ވެސް ބައިވެރިވެވަޑައިގަންނަވައެވެ. އަދި މި ޒިޔާރަތްތަކުގައި ފައްޔާޒުއާ އެކު ގިނަ އަދަދެއްގެ އެމްޑީޕީ މެންބަރުން ވެސް ދަނީ ބައިވެރިވެ ހަރަކާތްތެރިވަމުންނެވެ.
ފައްޔާޒު ގޭގެއަށް ވަޑައިގެން އާޢްމުންނާއި ބައްދަލުކުރައްވަމުން ގެންދަވާއިރު، މިއީ އަދި މިހާތަނަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން އައްޑޫގައި އެންމެ ފުޅާކޮށް ކެމްޕެއިން ކުރައްވަމުން ގެންދަވަނީ ފައްޔާޒު ކަން ފާހަގަކޮށްލެވެއެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ކުރީގެ ފޮރިން މިނިސްޓަރު ޝާހިދުގެ ކެމްޕެއިން އައްޑޫއިން ލޯންޗް ކުރެއްވި ނަމަވެސް، ދޮރުން ދޮރަށް ހިންގެވުމުގެ ހަރަކާތެއް އެހާ ބޮޑަކަށް ކުރިއަށް ނުގެންދަވައެވެ.