ކެމްޕެއިނަށް ވަރަށް އަވަހަށް އައްޑޫއަށް ދާނަން: ފައިސަލް ނަސީމް

ކެމްޕެއިނަށް ވަރަށް އަވަހަށް އައްޑޫއަށް ދާނަން: ފައިސަލް ނަސީމް

ކުރިއަށް އޮތް 2028ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އިދިކޮޅު އެމްޑީޕީގެ ފަރާތުން ނެރޭނެ ކެންޑިޑޭޓަކު ހޮވަން ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވަރަށް އަވަހަށް އައްޑޫ ސިޓީއަށް ދާނެ ކަން ހާމަކުރައްވައިފިއެވެ. 

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އާއި ގުޅޭގޮތުން މިއަދު އައްޑޫޕްލަސް އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ފައިސަލް ނަސީމް ވަނީ ވަރަށް އަވަހަށް އައްޑޫއަށް ދަތުރުކުރައްވާނެ ކަމަށެވެ. އެހެން ނަމަވެސް ސީދާ ތާރީޚެއް ހާމަކުރައްވާފައެއް ނުވެއެވެ. 

ދާދިފަހުން ފައިސަލް ވިދާޅުވެފައި ވަނީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އެއްބާރުލުން ވެސް ލިބިވަޑައިގެން ކަމަށެވެ. ފައިސަލް އަކީ ރިޔާސީ ޕްރައިމަރީއަށް ރަނިން މޭޓަކާއި އެކު ނިކުންނެވި ހަމައެކަނި ކެންޑިޑޭޓެވެ. ފައިސަލްގެ ރަނިން މޭޓަކީ މާލޭ ސިޓީގެ މޭޔަރު އާޒިމެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިިމަރީއަށް ކެމްޕެއިން ކުރައްވަމުން ގެންދަވާ ކުރީގެ ކުރީގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ ކެމްޕެއިން ލޯންޗް ކުރެއްވީ އައްޑޫއިންނެވެ. އަދި  ޕްރައިމަރީގައި ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް ވެސް ގެންދަވަނީ މިހާރު އައްޑޫގައި ކެމްްޕެއިން ކުރައްވަމުންނެވެ. 


ކޮމެންޓް 0