"ބިލިއާޑް ކުޅެންދާއިރު ހެދުން އެޅުމުގެ މިންގަނޑެއް އޮތުން ރަނގަޅު"

އުސޫލުތައް ހަދާފައިވަނީ އެންމެންގެ މަސްލަހަތަށް ވިސްނައި، އެކި ފަރާތްތަކާ މަޝްވަރާކޮށްގެން ކަމަށް ޝިނާޒު ވިދާޅުވި.

"ބިލިއާޑް ކުޅެންދާއިރު ހެދުން އެޅުމުގެ މިންގަނޑެއް އޮތުން ރަނގަޅު"

އައްޑޫ ސިޓީގެ ހިތަދޫ ޔޫތު ސެންޓަރުގައި މިހާރު ކަނޑައަޅާފައިވާ ހެދުން އެޅުމުގެ މިންގަނޑާއި އުސޫލުތައް ރަނގަޅު ކަމަށް ހިތަދޫ ކޮރޮވައު ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝިނާޒު ވިދާޅުވެއްޖެއެވެ. 

އައްޑޫޕްލަސް އާއި ވާހަކަ ދައްކަމުން ޝިނާޒު މިހެން ވިދާޅުވީ،  ހިތަދޫ ޔޫތު ސެންޓަރުގައި އާދަޔާ ހިލާފު ހަރުކަށި މިންގަނޑުތަކެއް ކަނޑައަޅާފައިވާ ކަމަށް ބުނެ ބައެއް ޒުވާނުން މީސްމީޑިއާގައާއި އާންމު ތަންތަނުގައި ނުރުހުން ފާޅުކުރަމުން ދަނިކޮށެވެ.

މިކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޝިނާޒު ވިދާޅުވެ ދެއްވީ، ޔޫތު ސެންޓަރުގައި އެފަދަ އުސޫލުތައް ޤާއިމްކުރަން މުހިއްމުވާ ސަބަބެވެ. އެގޮތުން ވިދާޅުވި ގޮތުގައި، ޔޫތު ސެންޓަރުގެ އުސޫލުތައް ހަދާފައިވަނީ އެންމެންގެ މަސްލަހަތަށް ވިސްނާފައެވެ. ޝިނާޒު މައިގަނޑު ގޮތެއްގައި ފާހަގަކުރެއްވީ ކޮންމެ ތަނެއްގައި ވެސް ހެދުން އެޅުމުގެ މިންގަނޑަށް ފެތޭ ގޮތަށް އުޅުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.

އެގޮތުން ހިތަދޫ ޔޫތު ސެންޓަރަކީ ވެސް އާންމުންގެ ހުރިހާ އުމުރުފުރާއެއްގެ މީހުން ބޭނުންކުރާ ތަނެއްކަން ފާހަގަކޮށް ޝިނާޒު ބުނީ، ކުރީގައި އެ ތަނަށް ބިލިއާޑް ކުޅެން ސޯޓު ލައިގެން އައިސް އުޅޭއިރު ވޭޕް ބޭނުންކުރާ ކަމުގެ ޝަކުވާ ވެސް ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

ޝިނާޒު ދެއްވި ޔަގީންކަމަކީ، ޔޫތު ސެންޓަރުގެ ހުރިހާ އުސޫލުތަކަކީ ވެސް ތަފާތު މައްސަލަތައް ކުރިމަތިވިޔަ ނުދިނުމަށް އެކި ފަރާތްތަކާއެކު މަޝްވަރާކުރުމަށް ފަހު އެކުލަވައިލައިފައިވާ އުސޫލުތައް ކަމެވެ.

މީގެ އިތުރުން ވެސް ޝިނާޒް ވަނީ ޔޫތު ސެންޓަރުގެ ޚިދުމަތްތައް ރަނގަޅުކުރުމަށް ރާވާފައިވާ ގިނަ ކަންތައް ހިއްސާކުރައްވާފައެވެ. އޭގެ ތެރޭގައި ޔޫތު ސެންޓަރުގެ ޖިމަށްދާ ފަރާތްކަށް ޚާއްސަ އެޕްލިކޭޝަނެއް ތައްޔާރުކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ. އަދި އެ މަސައްކަތް ނިމުމުން ފޯނުން ޖިމުގައި ތިބި މީހުންގެ އަދަދު ވެސް ބެލޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝިނާޒު މިހެން ބުނެފައިވާއިރު، ހިތަދޫ ޔޫތު ސެންޓަރުގައި ސޯޓު ލައިގެން ބިލިއާޑް ކުޅެން ނުތިބެވޭ ގޮތަށް ހަދައި ފަޓުލޫނު ނުވަތަ ޖިންސު ލުން މަޖުބޫރުވެފައިވާތީ އެކަން ބަދަލުކުރަން ވެސް ބައެއް ޒުވާނުން ވަނީ ގޮވާލާފައެވެ.

އިބްރާހިމް ޝިނާޒް، އައްޑޫ ސިޓީ ކައުންސިލް، ހިތަދޫ ޔޫތު ސެންޓަރު، ޒުވާނުން
ކޮމެންޓް 2
Shary9 ދުވަސް ކުރިން

Soataky hama ehmen laa ehthah. Mingadah fethei. Shinaz gey ethere fatuloonu lahvafey hihmei ehen meehun nijehey fatuloonu laah

ޕޮޕް10 ދުވަސް ކުރިން

އެހެންވީމަ ވަކިކަހަލުގެހެދުމެއް ކަޅުފަޓްލޫނުހުދުގަމީސް ނޫނީކޮށްމެ ވެސްކަހަލުގަޖޯޒީއެއް ނުވަތަ ހުދުފަޓްލޫނާއި ކަޅުގަމީސް ތިހެންވީމަ ކޮށްމެވެސްގޮތެއްހަދާންޖެހޭނީ ވަކިކަހަލުގެޖޯޒީއެއްނޫނީވަކިކަހަލުގަ ހެދުމެއް ބިލިއާޑްއެސޯސިއޭޝަނުންކަންޑައަޅާ ހެދުމެއް