އަސްރިއްޔާ ޕްރީސްކޫލުގެ ދަރިވަރުން ހުޅުމީދޫ ޕޮލިސް ސްޓޭޝަނަށް

އަސްރިއްޔާ ޕްރީސްކޫލުގެ ދަރިވަރުން ހުޅުމީދޫ ޕޮލިސް ސްޓޭޝަނަށް

އަސްރިއްޔާ ޕްރީސްކޫލުގެ ނާސަރީ ދަރިވަރުން ހުޅުމީދޫ ޕޮލިސް ސްޓޭޝަނަށް ޒިޔާރަތްކޮށްފިއެވެ. 

ހުޅުމީދޫ ފުލުހުން ބުނި ގޮތުގައި، އެ ސްކޫލުގެ ތުއްތު ދަރިވަރުން ފުލުހުންގެ މަރުކަޒަށް މި ޒިޔާރަތްކުރީ އެ ދަރިވަރުން މިހާރު އުނގެނެމުންދާ “އަޅުގަނޑުމެންނަށް އެހީތެރިވާ މީހުން” މި މައުޟޫއުގެ ދަށުން ކުރިއަށްގެންދާ އުނގެނުމުގެ ހަރަކާތްތަކުގެ ބައެއްގެ ގޮތުންނެވެ. އަދި އެ ސްޓޭޝަނަށް ޒިޔާރަތްކުރި ނާސަރީ ކްލާހުގެ ދަރިވަރުންނަށް ފުލުހުންގެ ފަރާތުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

މި ޒިޔާރަތުގެ ތެރެއިން، އެ ޕްރީސްކޫލުގެ ދަރިވަރުންނަށް ހުޅުމީދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުންގެ އޮފިސަރުންނާ ބައްދަލުކުރުމުގެ ފުރުސަތު ލިބުނު ކަމަށް ހުޅުމީދޫ ފުލުހުން ބުންޏެވެ. މީގެ އިތުރުން، ފުލުހުން އަދާކުރާ ދައުރާއި އެ ފަރާތްތަކުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތަކާ ގުޅޭ މައުލޫމާތުވެސް ދަރިވަރުންނަށް ވަނީ ކިޔައިދީފައެވެ. ހަމައެއާއެކު، މުޖުތަމައުގެ އަމާންކަމާއި ރައްކާތެރިކަން ދެމެހެއްޓުމަށް ފުލުހުން އެހީތެރިވެދޭ ގޮތްތައް ދެނެގަތުމުގެ ފުރުސަތު ދަރިވަރުންނަށް ލިބުނު ކަމަށާއި، މިއީ ކަންކަން އޮޅުންފިލުވުމުގެ ޝައުގުވެރިކަމާއި އުފާވެރިކަމުން ފުރިގެންވި ތަޖުރިބާއެއް ކަމަށް ވެސް ފުލުހުން ފާހަގަކުރިއެވެ.

މި ޒިޔާރަތާ ގުޅިގެން ހުޅުމީދޫ ފުލުހުން ވަނީ އަސްރިއްޔާ ޕްރީސްކޫލަށް ޝުކުރު އަދާކޮށް، އެ ސްޓޭޝަނުގައި ދަރިވަރުން ހޭދަކުރި ވަގުތަކީ އުފާވެރި ވަގުތުކޮޅަކަށް ވާނެ ކަމަށް އުންމީދުކުރާ ކަމަށް ބުނެފައެވެ. 

އައްޑޫ ސިޓީ ޕޮލިސް، ހުޅުދޫ، އަސްރިއްޔާ ޕްރީސްކޫލް
ކޮމެންޓް 0