އައްޑޫގައި ޑޮމެސްޓިކް ވަޔަލެންސް ޝެލްޓަރ ގާއިމުކޮށް އަންނަ އަހަރު ހިދުމަތްދޭން ފަށަނީ

އައްޑޫގައި ޑޮމެސްޓިކް ވަޔަލެންސް ޝެލްޓަރ ގާއިމުކޮށް އަންނަ އަހަރު ހިދުމަތްދޭން ފަށަނީ

އައްޑޫ ސިޓީގައި ގާއިމްކުރާ ޑޮމެސްޓިކް ވަޔަލަންސް (ޑީވީ) ޝެލްޓަރގެ މަސައްކަތް އަންނަ ޖެނުއަރީ މަހު ނިންމައި، ހިދުމަތް ދޭން ފަށާނެކަން ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގައި ވާހަކަދައްކަވަމުން، އެ ވުޒާރާގެ ލީޑް ސޯޝަލް ޕްރޮޓެކްޝަން އޮފިސަރު އަކްރަމް ހުސައިން ވިދާޅުވީ، ގެވެށި އަނިޔާއާ ގުޅިގެން ބޭނުންވާ ވަގުތީ ރައްކާތެރިކަން ފޯރުކޮށްދިނުމާއި، އެ ފަރާތްތަކަށް ބޭނުންވާ ހިދުމަތްތައް ފުރިހަމަކުރުމަކީ އެ ވުޒާރާގެ އެންމެ އިސް އެއް މަސައްކަތް ކަމަށެވެ. 

އެގޮތުން ރާއްޖޭގެ ތިން ސަރަހައްދެއްގައި ޑޮމެސްޓިކް ޝެލްޓަރުތައް ގާއިމުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އައްޑޫގައި ގާއިމުކުރާ ޑީވީ ޝެލްޓަރުގެ މަސައްކަތް މިދިޔަ ޑިސެންބަރު މަހުން ފެށިގެން ކުރިއަށްދާ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

ކޮމިޓީގައި އެ ވުޒާރާއިން ވަނީ ނިމިދިޔަ އަހަރު ހުށަހެޅި މައްސަލަތަކުގެ ތަފްސީލު ހިއްސާކޮށްފައެވެ. އެގޮތުން، 2025 ވަނަ އަހަރު ރާއްޖޭގެ އެކި އަތޮޅުތަކުން 18 އަހަރުން ދަށުގެ ކުދިންނާ ގުޅުންހުރި 1800އަށް ވުރެ ގިނަ މައްސަލަ ހުށަހަޅާފައިވާކަމަށް އެ ވުޒާރާއިން ހާމަކޮށްފައިވެއެވެ.

އަންހެނުން ބާރުވެރިކުރުވުމަށް އެ ވުޒާރާގެ އިސްނެގުމާއެކު ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. 

ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާއި ބެހޭ ވުޒާރާރައްޔިތުންގެ މަޖިލީސްރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީޑޮމެސްޓިކް ވަޔަލަންސްޑީވީޑޮމެސްޓިކް ވަޔަލަންސް ޝެލްޓަރު
ކޮމެންޓް 0